logoEN
cocacola
ތިނަދޫ 15 ފްލެޓުގެ ގުރުއަތުލުން ފަސްކޮށްފި

ތިނަދޫ 15 ފްލެޓުގެ ގުރުއަތުލުން ފަސްކޮށްފި

flat

މިރޭ ތިނަދޫ ކައުންސިލް އިދާރާގައި ބޭއްވުމަށް ހަމަޖެއްސި ތިނަދޫ 15 ފްލެޓްގެ ގުރުއަތުލުން ފަސްކޮށްފިއެވެ.

ގޮސިޔާ

ގދ. ތިނަދޫގައި, ސަރުކާރުގެ ގެދޮރުވެރިކުރުވުމުގެ ޕްރޮގްރާމްގެ ދަށުން އިމާރާތްކުރެވިފައިވާ 120 ފްލެޓުގެ ތެރެއިން ބާކީހުރި 15 ފްލެޓްގެ A ކެޓަގަރީގެ ފްލެޓްތަކަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ގުރުއަތަށް ގޮސްފައިވާ ފަރާތްތަކާއި ފްލްޓްތަކުގެ ތަރުތީބު ނަންބަރު ގުރުއަތު ނެގުން މިރޭ (3 މެއި 2021) ބާއްވަން ތިންދޫ ކައުންސިލުން ހަމަޖެއްސި ނަމަވެސް،މިއަދު ވަނީ ގުރުއަތުނެގުން ފަސްކޮށްފައެވެ.

ތިނަދޫ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ތިނަދޫގެ ކޮވިޑް-19ގެ ޙާލަތާއި ގުޅިގެން މިދުވަސްވަރު ގިނަމީހުން އެއްވެ ބޭއްވޭ ބައްދަލުވުންތަކާއި އެފަދަ ހަރަކާތްތައް ތިނަދޫ އީއޯސީ (އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ) އިން ކަނޑައަޅާފައިވާ ގައިޑްލައިންގައި ބާޔާންކޮށްފައިވާތީ ފްލެޓްތަކުގެ ގުރުއަތުނެގުން ފަސްކުރެވިފައިވާކަމަށެވެ. އަދި ގުރުއަތު ނެގުން އޮންނާނެ ދުވަހެއް ފަހުން އިއުލާން ކުރާނެކަމަށް އެ ކައުންސިލުންވަނީ ބުނެފައެވެ.

ސަރުކާރުން ތިނަދޫގައި އިމާރާތް ކުރި 120 ފްލެޓުގެ ތެރެއިން ދޫނުކޮށް ހުރި 15 ފްލެޓް ކުރިން ދޫކުރަން ނިންމާފައިވަނީ ވިޔަފާރި އުސޫލުންނެވެ. ނަމަވެސް ފަހުން އެރަށު ކައުންސިލުން އެ ފްލެޓުތައް ދޫކުރަން ނިންމީ އާންމުކޮށް ހުޅުވާލައިގެންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ