logoEN
cocacola
ހުވަދު އަތޮޅަށް ހުދު ސަމާލު ނެރެފި

ހުވަދު އަތޮޅަށް ހުދު ސަމާލު ނެރެފި

އަހުމަދު ޝުރާއު

logo

5/3/2021, 6:36:01 AM

E4B26DD8-42CD-4BDA-90E0-6917CE1DF9A8

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވުމާއި ގުޅިގެން ހުދު ސަމާލު ނެރެފިއެވެ.

ގޮސިޔާ

ގައުމީ މޫސުމާ ބެހޭ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 06:00 އިން ފެށިގެން މެންދުރު 12 އާ ހަމައަށެވެ. އެގޮތުން ހުދުސަމާލު ނެރުނީ ގއ އަތޮޅާއި އައްޑު އަތޮޅާ ދެމެދުގެ ސަރަހައްދަށެވެ.

އެ އިދާރާއިން ބުނެފައިވަނީ އެ މުއްދަތުގައި އެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ..

މީގެ އިތުރުން ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖޭގެ މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު މޫސުމާ ބެހޭ އިދާރާއިން ބުނީ ރާއްޖޭގެ ދެކުނާއި މެދުރާއްޖެ ތެރެއަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް އަތޮޅުތަކަށް ގުގުުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެން ވާ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ