logoEN
cocacola
ފުލުހުން ބާރު ބޭނުން ކުރިގޮތާއިމެދު އިމްރާނާއި ސުވާލު ކުރަނީ

ފުލުހުން ބާރު ބޭނުން ކުރިގޮތާއިމެދު އިމްރާނާއި ސުވާލު ކުރަނީ

އަހުމަދު ޝުރާއު

logo

5/3/2021, 10:00:29 AM

707E9856-3310-48AD-9D3D-9763067DF02B-850x548

މަސައްކަތުގެ މާހައުލުގައި ދިމާވާ ޖިންސީ ފުރައްސާކުރުމާއި ދެކޮޅަށް އަޑުއުފުލުމަށް ޒުވާނުންތަކެއް ބޭއްވި އެއްވުމެއްގައި ހާލަތާއި ނުބައްދަލު ބާރު ފުލުހުން ބޭނުންކޮށް އަނިޔާކޮށްފައިވާތީ މިނިސްޓަރ އޮފް ހޯމް އެފްއާޒް ޝެއިހް އިމްރާން އަބްދުﷲ އާ ސުވާލުކުރުމަށް މަޖިލީހަށް ހުށަހަޅައިފިއެވެ.

ގޮސިޔާ

މަސައްކަތުގެ މާހައުލުގައި ކުރާ ޖިންސީ ގޯނާއާ ފުރައްސާރައާ ދެކޮޅަށް ހޮނިހިރު ދުވަހުގެ ރޭ ބޭއްވުނު މުޒާހަރާ ރޫޅާލުމުގެ ތެރޭގައި ފުލުހުން ވަނީ ބާރުގެ ބޭނުން ކޮށްފައެވެ. އެގޮތުން މޫނާ ކައިރިއަށް ޕެޕާ ސްޕްރޭ ޖެހުމާއި، މުޒާހަރާގެ ބައެއް ބައިވެރިން ބިންމައްޗަށް ވައްޓާ ފައިން ތެޅުން ފަދަ ކަންކަން ކޮށްފައި ވާ ކަމަށް މުޒާހަރާގެ ބައިވެރިން ބުނެއެވެ. މީގެ ބައެއް މަންޒަރުތަކުގެ ވީޑިއޯވެސް ދަނީ ދައުރުވަމުން ދާއިރު، ނޫސްވެރިންނާ ވެސް ހަޑިހުތުރުބަހުން މުއާމަލާތް ކޮށްފައި ވާ ކަމަށް ބައެއް ނޫސްވެރިން ދަނީ ބުނަމުންނެވެ.

އިމްރާނާއި ސުވާލުކުރުމަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމްއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް ފޮނުއްވި ސިޓީގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޤަވާއިތުގެ 80 ވަނަ މާއްދާގެ ދަށުން މިނިސްޓަރ އޮފް ހޯމް އެފެޔާޒްގެ އަރިހުން ލިޔުމުން ޖަވާބު ހޯއްދެވުމަށް އެދި ދަންނަވާފައެވެ.

އޭގެ ތެރޭގައި 1 މެއި 2021 ވަނަ ދުވަހުގެ ރޭ މާލޭގައި ބޭއްވުނު މުޒާހަރާ ރޫޅަލުމުގައި ހާލަތާއި ނުބައްދަލު ބާރު ފުލުހުން ބޭނުން ކުރުމާއި ގުޅިގެން އެއްވެސް ފުލުހަކަށް ފިޔަވަޅު އެޅިފައިވޭތޯއާއި އެޅިފައިވާ ފިޔަވަޅަކީ ކޮބައިޓޯ ބެލުމަށް ވަނީ އެދިފައެވެ. ހަމަމިޔާއެކު، މުޒާހަރާ ރޫޅާލުމަށް ދިޔަ ފުލުހުން ޔުނިފޯމު އަޅައިގެން ތިބީ ފުލުހުންގެ ގާނޫނާއި އެއްގޮތްވާގޮތައް ސާވިސް ނަންބަރު ފެންނަހެންތޯއާއި މުޒާހަރާ ރޫޅާލުމަށް ހަރަކާތްތެރިވީ އެކަމަށް އެކަށީގެންވާ ޓްރެއިނިންގް ލިބިފައިވާ ފުލުހުންތޯ ވަނީ ސުވާލު ހުށައެޅިފައެވެ.

މީގެއިތުރުން މުޒާހަރާ ރޫޅާއިރު ބޮޑީ ކެމެރާ ފުލުހުން ބޭނުން ނުކުރަނީ ކީއްވެތޯއާއި، ބޮޑެތި ކުށްތަކަށް ތުހުމަތު ކުރެވިގެން އެތުހުމަތު ކުރެވޭ ފަރާތްތަކުގެ ވަނަވަރު ހާމަކުރާއިރު، ހުރިހާ ފަހަރަކު އެއް އުސޫލަކުން އަމަލު ނުކުރެވެނީ ކީއްވެތޯ ބެލުމަށްވެސް ވަނީ ސުވާލު ހިށައެޅިފައެވެ.

މީގއެިތުރުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީއަށް ވަނީ ހުށަހަޅުއްވާފައެވެ. ހަމަމިޔާއެކު، ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީއަށް ވެސް، އެ ކޮމެޓީގެ މުޤައްރިރު ޖީހާން މަޙްމޫދު ވަނީ އެ މައްސަލަ ހުށަހަޅުއްވާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ