logoEN
ކޮކާކޯލާ
ގއ ގެމަނަފުއްޓަށް ސްޕޯޓްސް ކައުންސިލަރަކު ހޯދަނީ!

ގއ ގެމަނަފުއްޓަށް ސްޕޯޓްސް ކައުންސިލަރަކު ހޯދަނީ!

އަހުމަދު ޝުރާއު

logo

5/3/2021, 11:00:20 AM

119003321-342043053511479-1133048856450911850-n

ގއ ގެމަނަފުއްޓަށް ސްޕޯޓްސް ކައުންސިލަރަކު ހޯޯދަން އިއުލާން ކޮށްފި އެވެ.

އަބުޅޯ

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ގެޒެޓްކޮށްފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުން ސްޕޯޓްސް ކައުންސެލަރ ވަޒީފާ އަދާކުރަން ޖެހެނީ ގއ.ގެމަނަފުށި ކައުންސިލް އިދާރާގެ ސްޕޯޓްސް ޑިޕާޓްމެންޓުގައި އެވެ. އަދި ސްޕޯޓްސް ކައުންސިލަރުގެ ޒިންމާތަށް ކަމުގައި ބުނެފައިވަނީ ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށްޓަކައި ކުޅިވަރާއި ކަސްރަތަށް އަހުލުވެރިކުރުމުގެ ގޮތުން މުޖުތަމުގައި ހިމެނޭ ހުރިހާ އުމުރުފުރާ އަކަށް ބައިވެރިވެވޭ ގޮތަށް ( އިންކްލޫސިވް) އެކްޝަން ޕްލޭނެއް ރާއްވައި ކުރިއަށް ގެންދިއުމާއިއެކު، އެމަސައްކަތްތައް ބެލެހެއްޓުމެވެ.

މި މަގާމުަށް ކުރިމަތިލާ މީހުންގެ ހުންނަންޖެހޭ ޝަރުތު ތަކުގެ ތެރޭގައި ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ‘ޑީ’ ގްރޭޑް ލިބިފައި ވުމާއެކު، ‘ސެކަންޑަރީ ސްކޫލް’ ނުވަތަ ‘ހަޔަރ ސެކަންޑަރީ ސްކޫލް’ ސެޓްފިކެޓް އިމްތިހާނުގައި ‘ދިވެހި’ މި މާއްދާއިން ދަށްވެގެން ‘ސީ’ ގްރޭޑް ލިބިފައިވާ މީހަކަށް ވާންޖެހެ އެވެ.

މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ފޯމު ފުރިހަމަ ކުރެއްވުމަށް ފަހު 09 މެއި 2021 ވާ އާދީއްތަ ދުވަހު 13:00 ގެ ކުރިން އީމެއިލް [email protected] މެދުވެރިކޮށެވެ.

މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 10 މެއި 2021 އާއި 10 ޖޫން 2021 އާ ދެމެދު، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް (ވެލާނާގެ 3 ވަނަ ފަންގިފިލާ) ނުވަތަ ރަށު ކައުންސިލް އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިއްބެވުމަކީވެސް އެމިނިސްޓްރީގެ އެދުމެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ