logoEN
ޕީއެންސީ 2
ސެރީ އާގެ ޗެމްޕިއަންކަން 11 އަހަރަށް ފަހު އިންޓަރ މިލާންއަށް!

ސެރީ އާގެ ޗެމްޕިއަންކަން 11 އަހަރަށް ފަހު އިންޓަރ މިލާންއަށް!

އަހުމަދު ޝުރާއު

logo

5/3/2021, 10:31:03 AM

E0Ugtl6WEAI5vQN

ލީގް ޑިސައިޑިން މެޗުގައި އެޓަލާންޓާ އަށް ސަސުއޯލޯ އަތުން މޮޅުނުވެވުމުން، ސެރީ އާގެ ޗެމްޕިއަންކަން އިންޓަ މިލާންއަށް ކަށަވަރު ވެއްޖެ އެވެ.

ޝަރީ 2024

އިންޓައިން ލީގު ޗެމްޕިއަންކަން ހޯދީ 11 އަހަރަށް ފަހު އެވެ. އެ ޓީމުން މީގެ ކުރިން ލީގު ކާމިޔާބު ކުރީ މަޝްހޫރު ހޯޒޭ މޮރީނިއޯގެ ކޯޗުކަމުގައި 2010 ވަނަ އަހަރު އެވެ.

ބާކީ ހަތަރު މެޗު އޮޮއްވައި އިންޓައިން ލީގު ކާމިޔާބުކުރީ 13 ޕޮއިންޓްގެ ބޮޑު ލީޑަކާ އެކު އެވެ. އިންޓަ ކުރިއަށް އޮތް ހަތަރު މެޗުން ބަލިވެ، މިހާރު ދެ ވަނައިގައި އޮތް އެޓަލާންޓާ ކުރިއަށް އޮތް ހަތަރު މެޗުން މޮޅުވިޔަސް އެ ޓީމަށް އިތުރަށް ލިބޭނީ 12 ޕޮއިންޓެވެ. އިންޓަ މިހާރުވެސް ވަނީ 82 ޕޮއިންޓް ހޯދާފަ އެވެ. އެޓަލާންޓާއަށް 69 ޕޮއިންޓެވެ.

ސަސުއޯލާ އާ ދެކޮޅަށް އެޓަލާންޓާ ކުޅުނު މެޗު ނިމުނީ 1-1 ން އެއްވަރު ވެގެންނެވެ.

ލީގު ޗެމްޕިއަންކަން އިންޓަ ހޯދުމުން ޔުވެންޓަސްއިން ނުވަ އަހަރު ވަންދެން ސެރީ އާގައި ދެމެހެއްޓި ޑޮމިނޭޝަނަށް ވަނީ ނިމުން އައިސްފަ އެވެ. ޔުވެންޓަސްއިން ޖެހިޖެހިގެން ނުވަ އަހަރު ހޯދި ކާމިޔާބުގައި އެންމެ ފުރަތަމަ ބިންގާ އަޅައި ދިނީ އިންޓައަށް ލީގް ޗެމްޕިއަންކަން ހޯދައިދިން އެންޓޯނިއޯ ކޮންޓޭ އެވެ. އޭނާގެ ކޯޗު ކަމުގެ ދަށުން ޖެހިޖެހިގެން ތިން ފަހަރު ޔުވެންޓަސްއަށް ލީގު ޗެމްޕިއަންކަން ހޯދި އެވެ. މިއީ ސެރީ އާގެ ތަށި ކޯޗެއްގެ ގޮތުގައި އޭނާ އުފުލާލި ހަތަރު ވަނަ ފަހަރެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ