logoEN
ޕީއެންސީ 2
ރާއްޖެ އިން ހުށަހަޅަނީ ލީކުވި ޕޭޕަރުތައް އަލުން ހަދަން: ޑީޕީއީ

ރާއްޖެ އިން ހުށަހަޅަނީ ލީކުވި ޕޭޕަރުތައް އަލުން ހަދަން: ޑީޕީއީ

އަހުމަދު ޝުރާއު

logo

5/3/2021, 9:26:07 AM

270508_3_d8987ced05efa78c704f0448c4d1f4e923f89dd7_large

ލީކްވި އޭ ލެވެލްގެ ފިޒިކްސް އަދި ބަޔޮލޮޖީ ޕޭޕަރާ މެދު ރާއްޖޭގެ މައިގަނޑު ހުށަހެޅުމަކީ ދަރިވަރުންނަށް އަލުން އިމްތިހާނު ދިނުން ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންއިން ބުނެފި އެވެ.

ޝަރީ 2024

ރާއްޖެޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި ޑީޕީއީ ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި މުހައްމަދު އިހުސާން ވިދާޅުވީ ފިޒިކްސް އަދި ބަޔޮލޮޖީ ޕޭޕަރު ލީކުވި މައްސަލައިގައި އެޑެކްސެލްއާ މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އެކަމާ ގުޅިގެން އަމަލުކުރާނެ ގޮތެއް ވަރަށް އަވަހަށް ނިންމާނެ ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.

"މިހާރު ލީކުވެފައިވާ ޕޭޕަރާ ދޭތެރޭ އަމަލުކުރާނެ ގޮތަކާ ބެހޭގޮތުން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މާ ލަސްތަކެއް ނުވެ ގޮތެއް ނިމިގެންދާނެ. މިހާރު އެޑެކްސެލްއާއެކު ހަމަ ވާހަކަދެކެވެމުން ދަނީ. އެހެން ނަމަވެސް މިއަދު އެޑެކްސެލް އިން ޔަގީންކަން ދެއްވައިފި މާދަމާގެ އިމްތިހާނުން ފެށިގެން އެއްވެސް ވަރަކަށް އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވުމުގެ ފުރުސަތު ވަރަށް ކުޑަވާނެ،" އިހުސާން ވިދާޅުވި އެވެ.

އޭ ލެވެލްގައި ދަރިވަރުން ހަދަނީ ބައިނަލްއަގުވާމީ އިމްތިހާނަކަށް ވުމުން އެންމެ ފަހުގެ ނިންމުން ނިންމުމުގައި ރާއްޖެއަށް ބާރެއް ނޯންނަ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި އިމްތިހާނު ފެށުމުގެ ގަޑިއިރެއްވަރު ކުރިން މިދިޔަ ހަފުތާގައި ވަނީ ބަޔޮލޮޖީ އަދި ފިޒިކްސް ޕޭޕަރު ލީކްވެފަ އެވެ. އެ ޕޭޕަރުތައް ލީކްވީ ބޭރުގެ ގައުމަކުން ކަމަށް ވާތީ، އެ ގައުމުތަކާއި ރާއްޖޭގައި އިމްތިހާނު ހަދާ ވަގުތުގައި ތަފާތުތަކެއް ހުރުމުން ބައެއް ދަރިވަރުންނަށް ކުރިން ސުވާލު ކަރުދާސް ފެނިފައި ވެ އެވެ. އެކަމާ ގުޅިގެން ދަރިވަރުންނާއި ބެލެނިވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ