logoEN
Sto top
ގައްދޫގައި އަލިފާނުގެ ހާދިސާއެއް ހިނގައި, މީހަކަށް ސީރިއަސް އަނިޔާތަކެއް

ގައްދޫގައި އަލިފާނުގެ ހާދިސާއެއް ހިނގައި, މީހަކަށް ސީރިއަސް އަނިޔާތަކެއް

Gdh._Gadhdhoo

ގދ. ގައްދޫގައި އަލިފާނުގެ ހާދިސާއެއް ހިނގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.

Wamco

" ގާފު " އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ ގޭސް އުނދުނަކުން ގޭސްލީކުވެފައި ހުއްޓާ އުނދުން ޖެއްސުމުންނެވެ. އަދި މި ހާދިސާގައި ބިދޭސީ ފިރިިހިނެކަށް އަނިޔާވެ އިތުރު ފަރުވާ އަށް މިހާރު ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދެވިފައި ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައި އެވެ.

މި ހާދިސާގައި އެގޭގެ ކުޑަދޮރުތަކުގެ ބިއްލޫރިތަށް ވަނީ ތަޅައިގެންގޮސްފައި އެވެ. އަދި ގޭގެ ތެރެއަށް ހުޅުގަނޑު ފަޅައިގެން ދިޔުމާއި އެކު ގޭގެ ތެރެއަށްވެސް ގެއްލުންތަށް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މިހާދިސާ ހިނގި ގެއަކީ އުމުރުން ދުވަސްވީ އަންހެނަކު ވެސް އުޅޭ ގެއެކެވެ. ނަމަވެސް މި ހާދިސާގައި އެމީހަށް ގެއްލުމެއް ލިބިފައި ނުވެއެވެ.

އަނިޔާވި ބިދޭސީ މިހާއަކީ ގައްދޫގައި އެކި މަސައްކަތް ކޮށްއުޅޭ ބިދޭސީއެއް ކަމަށް އެރަށުން ގާފު އަށް މައުލޫމާތު ދިން މީހަކު ބުންޏެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside