logoEN
ކޮކާކޯލާ
ކެބިނެޓަށް ބަދަލުގެންނާނީ ކޯލިޝަން ލީޑަރުންނާ އެކު މަޝްވަރާކުރުމަށްފަހު: މަބްރޫކް

ކެބިނެޓަށް ބަދަލުގެންނާނީ ކޯލިޝަން ލީޑަރުންނާ އެކު މަޝްވަރާކުރުމަށްފަހު: މަބްރޫކް

އަހުމަދު ޝުރާއު

logo

5/3/2021, 9:06:16 AM

180157_3666171e-7_

ވަޒީރުންގެ މަޖިލީހަށް ބަދަލު ގެނައުމަށް މި ސަރުކާރު ކޯލިޝަންގެ ލީޑަރުންނާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށް، ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

އަބުޅޯ

ރަައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައިމަބްރޫކް ވިދާޅުވީ ސަރުކާރުގެ ހިންގުމަށް ބަދަލު ގެންނަން ލީޑަރުންނާ އެކު މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށެވެ. އެ މަޝްވަރާތައް ނިމުމުން އެކަން ހިއްސާކުރައްވާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް މާ ބޮޑު ތަފްސީލެއް އޭނާ ނުދެއްވައެވެ.

ކެބިނެޓްގެ ހަތަރު މަގާމަކަށް ބަދަލު ގެންނަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަމަށްވެ އެވެ. އެއީ އެންވަޔަރްމެންޓް މިނިސްޓްރީ އާއި ފިޝަރީޒް މިނިސްޓްރީ އަދި ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމެވެ.

މިހާތަނަށް އެނގިފައިވާ ގޮތުގައި އެންވަޔަރްމަންޓް މިނިސްޓަރުކަމުގެ މަގާމުގައި މިހާރު ހުންނެވި ޑރ. ހުސައިން ރަޝީދު ހަސަން ފިޝަރީޒް މިނިސްޓަރުކަމުގެ މަގާމަށް ބަދަލުކުރައްވައި އެ މިނިސްްޓްރީގައި މިހާރު ހުންނެވި ޒަހާ ވަހީދު ބަދަލުކުރައްވާނީ ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމަށެވެ. އެއަށް ފަހު އެންވަޔަރްމެންޓް މިނިސްޓަރުކަމަށް ހަމަޖައްސަަވާނީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އާމިނަތު ޝައުނާ އެވެ.

އެނގިފައިވާ ގޮތުގައި އެ ބަދަލުތައް މިއަދު އާއްމުކުރަން މީގެ ކުރިން އޮތީ ނިންމައިފަ އެވެ. ނަމަވެސް ފަހުގެ ތާރީހަކަށް އެކަން ބަދަލުކުރީ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ