logoEN
cocacola
ނިޒާމުގެ ވާހަކައަށްވުރެ ބޮޑަށް ރައީސް އިސްކަންދެއްވަނީ ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމަށް!

ނިޒާމުގެ ވާހަކައަށްވުރެ ބޮޑަށް ރައީސް އިސްކަންދެއްވަނީ ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމަށް!

އަހުމަދު ޝުރާއު

logo

5/3/2021, 8:44:47 AM

181570_25910d52-d_

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް މި ވަގުތު އިސްކަން ނުދެއްވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަބްރޫކް ވިދާޅުވީ ރައީސް މި ވަގުތު އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ރައްޔިތުންނަށް އެ ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމަށް ކަމަށެވެ. އޭގެ އިތުރުން އިސްކަން ދެއްވަނީ ކޮވިޑްގެ ސަބަބުން ކުރިމަތިވި އިގްތިސާދީ ދަތިކަމުގެ ހާލަތު ރަނގަޅު ކުރުމަށް ކަމަށް ވެސް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަކީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ނިންމަންޖެހޭ ކަމެއްގެ ގޮތުގައި ރައީސް ދެކެވަޑައިގަންނަވާއިރު ސިޔާސީ ގޮތުން އެ ހިސާބަށް ދާންޖެހޭ ކަމަށް މަޝްވަރާތަކުން ފެންނަ ނަމަ ރައީސް އެކަން ކުރައްވާނެ ކަމަށެވެ.

މަބްރޫކްގެ އިތުރުން ލީގަލް ކައުންސެލް ޓުދަ ޕްރެޒިޑެންޑް އަހުމަދު އަބްދުﷲ އަފީފް ވެސް ވިދާޅުވީ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން މިހާތަނަށް ގާނޫނީގޮތުން އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާ ކަމަށެވެ.

ގައުމު ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެ ބޮޑުވަޒީރަކަށް ވެ ވަޑައިގަތުމުގެ ޝައުގުވެރިކަން އޮތް ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިދިޔަ މަހު ރައީސަށް މެސެޖަކުން ދަންނަވައިފަ އެވެ. އެކަމުގެ ޖަވާބުގައި ރައީސް ވިދާޅުވީ ނިޒާމު ބަދަލުކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށެވެ. ނަމަވެސް ވިދާޅުވީ މި ވަގުތު އެއީ ރައީސް އިސްކަން ދެއްވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ.

ވެރިކަމުގެ ނިޒާމުގެ ބަހުސް، ކުރީގެ ރައީސް ނަޝީދުގެ މެސެޖާ އެކު އަލުން ފެށިފައި ވާއިރު، ވެރިކަންކުރާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ކެމްޕޭނު ތެރޭގައި ވެސް ނިޒާމު ބަދަލުކުރުމަށް ބާރު އަޅައި އެކަމާ ގުޅުވައިގެން ކެމްޕޭނު ވަނީ ފޯރި ގަދަކޮށްފަ އެވެ. އަދި ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް އެމްޑީޕީން އެންމެ ކުރިން ކެމްޕޭނު ކުރި އިރު ބޭނުންކުރި ލޯގޯއާ އެކު ރަށުތެރޭގައި ވެސް ކެމްޕޭނު ނިޝާންތައް އަންނަނީ ހަރުކުރަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ