logoEN
Sto top
އާ ކައުންސިލަރުން ހުވާކުރުން މި މަހުގެ 17 ގައި

އާ ކައުންސިލަރުން ހުވާކުރުން މި މަހުގެ 17 ގައި

އަހުމަދު ޝުރާއު

logo

5/2/2021, 11:32:56 PM

177797412_3742086009250935_360725830391510041_n

އިންތިހާބީ ކައުންސިލަރުން މި މަހުގެ 17 ވަނަ ދުވަހު ހުވާކުރުމަށް ތައްޔާރުވަމުން އަންނަކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފި އެވެ.

Wamco

އެލްޖީއޭގެ ޑިރެކްޓަރު އަބްދުﷲ ރަޝީދު ވިދާޅުވީ އަލަށް އިންތިހާބުވި ކައުންސިލަރުން ހުވާކުރުމާ ގުޅޭ އުސޫލުތައް ނިންމައި އެޓާނީ ޖެނެރަލް (އޭޖީ) އޮފީހަށް ފޮނުވާލާފައިވާ ކަމަށެވެ. އަދި އެ ކަންކަމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ލަފާ ވެސް ލިބިފައިވާ ކަމަށެވެ.

ކައުންސިލަރުން ހުވާކުރުމުގެ އިންތިޒާމު އެކި ގޮތްގޮތަށް ރާވާފައިވާ ކަމަށާއި އޭގައި، އަތޮޅު ކައުންސިލަރުން މީގެ ކުރިން ވެސް ކުރިގޮތަށް ފަނޑިޔާރުންގެ ކުރިމަތީގައި ހުވާކުރަން ވަނީ ނިންމައިފައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކާފިއު އިއުލާނުކޮށްފައިވާ އަދި އާއްމު މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްރަށުގައި ހުވާކުރާނެ ގޮތްތައް ހަމަޖައްސާނެ ކަމަށް ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތަކާއެކު އަތޮޅު ކައުންސިލުގައި ހިމެނެނީ، އެ އަތޮޅު ކައުންސިލްގެ ރައީސާއި އެ އަތޮޅެއްގައި ހިމެނޭ ރަށްރަށުގެ ކައުންސިލް ރައީސުންނެވެ. އެހެންވެ، އަތޮޅު ކައުންސިލްގެ ހުވާ ކުރެވޭނީ ރަށު ކައުންސިލަރުން ހުވާކުރުމަށްފަހުގަ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside