logoEN
Sto top
ތިނަދޫ ފްރޮންޓްލައިން މުވައްޒަފުންނަށް މިހާތަނަށް އެލަވަންސް ދީފައެއް ނުވޭ!

ތިނަދޫ ފްރޮންޓްލައިން މުވައްޒަފުންނަށް މިހާތަނަށް އެލަވަންސް ދީފައެއް ނުވޭ!

އަޙްމަދު ޖަމީލު

logo

5/2/2021, 10:15:57 PM

DSC_1267

ކޮވިޑް19ގެ ހާލަތާ ގުޅިގެން ގދ. ތިނަދޫގެ ފްރޮންޓްލައިން މުވައްޒަފުންނަށް އެއްވެސް އިރަކު ފްރޮންޓްލައިން އެލަވަންސް ދީފައި ނުވާކަން ހާމަވެއްޖެ އެވެ.

Wamco

ކޮވިޑް19އާ ގުޅިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި ފްރޮންޓްލައިން އެލަވަންސް ދެމުން އަންނަ އިރު, ތިނަދޫގެ އާރުއާރުޓީއާއި އަދި މި ނޫންވެސް އެހެން ފްރަންޓް ލައިން މުވައްޒަފުންނަށް އެލަވަންސް ދީފައިނުވާކަން "ގާފު" އަށް ވަނީ ކަށަވަރުވެފައެވެ. މިރޭ ކުރިއަށްދާ އީއޯސީ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ފަރާތުން އެހޮސްޕިޓަލްގެ ޕީއާރް އޮފިސަރު ސާލިމް އަލީ ބުނީ, ހުރިހާ މުވައްޒަފުންނަށް އެ އެލަވަންސް ނުދެވޭ ކަމަށެވެ.

ނަމަވެސް "ގާފު" އަށް އެނގިފައިވާ ގޮތުގައި ފްރަންޓްލައިން އެލަވަންސް ތިނަދޫގެ އެއްވެސް ފްރަންޓްލައިން މުވައްޒަފަކަށް ލިބިފައެއް ނުވެއެވެ. ނަމަވެސް ތިނަދޫގެ ފްރަންޓް ލައިނުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން އަތޮޅު ތެރޭގައި މަސައްކަތްކޮށްފައިވާއިރު,

އެ މުވައްޒަފުން އަތޮޅު ތެރޭގައި ހޭދަ ކުރި ދުވަސްތަކަށް ފްރަންޓް ލައިން އެލަވަންސް ވަނީ ލިބިފައެވެ. ނަމަވެސް ތިނަދޫގައި މަސައްކަތްކުރި އެއްވެސް ދުވަހަކަށް މިހާތަނަށް އެއްވެސް ވަރެއްގެ އެލަވަންސެއް ދީފައެއް ނުވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside