logoEN
ކޮކާކޯލާ
ތިނަދޫ ކްލަސްޓަރއިން އަތޮޅު ތެރެއަށް ބިރުވެރިކަމެއް ނެތް - ތިނަދޫ އީއޯސީ

ތިނަދޫ ކްލަސްޓަރއިން އަތޮޅު ތެރެއަށް ބިރުވެރިކަމެއް ނެތް - ތިނަދޫ އީއޯސީ

DSC_1379-3

ގދ. ތިނަދޫއިން ފެނިފައިވާ ކޮވިޑް ކޭސްތަކާ ގުޅިގެން އަތޮޅު ތެރޭގެ އެއްވެސް ރަށަކަށް އޭގެ ބިރުވެރިކަމެއް ނެތް ކަމަށް ތިނަދޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރި އިން ހާމަކޮށްފިއެވެ.

އަބުޅޯ

ތިނަދޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ތިނަދޫ ޕަބްލިކް ހެލްތުގެ ފަރާތުން ފަތާތު ވިދާޅުވީ ތިނަދޫގައި މިޙާރު އޮތް އެއްވެސް ކްލަސްޓާރ އެއްގެ ކޮންޓެކްޓެއް ރަށުން ބޭރު މީހަކާއި ކޮންޓެކްޓް ވެފައި ވާ ކަމަށް އަދި ފާހަގަކުރެވިފައި ނުވާ ކަމަށެވެ. އަދި މިއާއި އެކު ތިނަދޫގެ ކޭސްތަކުގެ ބިރު އަތޮޅު ތެރެއަށް އޮތް ކަމަށް ގަބޫލު ނުކުރެވޭ ކަމަށްވެސް ފަތާތު ވިދާޅުވި އެވެ.

ތިނަދޫގައި މިވަގުތު އޮތީ 3 ކްލަސްޓާރ އެކެވެ. އެއީ ގޯސިޔާ ކްލަސްޓާރ, ހޯމް ކަރަންޓީން ކްލަސްޓާރ އަކާއި ޖަޒީރާ ބޯޓް ކްލަސްޓާރ އެކެވެ. މިހާތަނަށް ފައްސިވި ގިނަ މީހުން ގުޅިފައި އޮތީ ޖަޒީރާ ބޯޓު ކްލަސްޓާރ އާއި އެވެ. ޖަޒީރާ ބޯޓަކީ ތިނަދޫއިން ސީދާ މާލެ ދަތުރުކުރާ ބޯޓެއް ކަމުން މި ކްލަސްޓަރ ގެ ބިރު އަތޮޅު ތެރެއަށް ވަރަށް ކުޑައެވެ.

ތިނަދޫގެ މުޖުތަމައުގެ ތެރެއިން ކޮވިޑް-19 ފެނުމާއި އެކު ތިނަދޫ އޮތީ މޮނީޓަރިންގ ހާލަތުގައި އެވެ. ތިނަދޫގެ އެކްޓިވް ކޭސްގެ އަދަދަކީ 29 އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ