logoEN
ކޮކާކޯލާ
ތިނަދޫ ހޮސްޕިޓަލުގައި އެޑްމިޓް ކުރާ ހުރިހާ ބަލި މީހުންގެ ސާމްޕަލް ނަގަނީ

ތިނަދޫ ހޮސްޕިޓަލުގައި އެޑްމިޓް ކުރާ ހުރިހާ ބަލި މީހުންގެ ސާމްޕަލް ނަގަނީ

l_2020_01_19_032838_v8i1t2oz9jdfbsh54nac7umye3qrpxw6gkl_EN_

ގދ. ތިނަދޫގައި ކޮވިޑް ފެތުރެމުންދާތީ, އެ ރަށުގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އެޑްމިޓް ކުރާ ހުރިހާ ބަލި މީހުން ކޮވިޑް19 އަށް ޓެސްޓު ކުރަން ތިނަދޫ އޯއީސީން ނިންމައިފިއެވެ.

އަބުޅޯ

ތިނަދޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތިނަދޫ ކޮވިޑް ފެސިލިޓީގެ މެނޭޖަރ އަދި ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ޑޮކްޓަރު , ޑރ އާޒިމް ވިދާޅުވި ގޮތުގައި ތިނަދޫގައި ކޮވިޑް-19 ގެ ހާލަތު ގޯސްވާން ފެށުމާއި އެކު ފަރުވާއަށް ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ އަދި ފަރުވާ ދިނުމަށް އެޑްމިޓް ކުރެވޭ ހުރިހާ ބަލި މީހުންގެ ސާމްޕަލް ތަށް ނެގުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި ގޮތަށް ނިންމާފައިވަނީ ތިނަދޫގައި ބަލި ފެތުރިފައިވާ މިންވަރު ދެނެގަތުމަށާއި ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެވޭ ބަލި މީހުންގެ ރައްކާތެރިކަމަށް ކަމުގައި ވެސް ޑރ އާޒިމް ވިދާޅުވިއެވެ.

ޑރ އާޒިމް އިތުރަށް ވިދާޅުވިގޮތުގައި ހޮސްޕިޓަލުން ނެގޭ ސާމްޕަލްތަށް ޓެސްޓު ކުރުމަށް ހަމަޖެހިފައިވަނީ އެހޮސްޕިޓަލްގެ ލެބުން ކަމަށެވެ.

ތިނަދޫގެ މަޖުތަމައުގެ ތެރެއިން ބަލި ފެނުމާއި އެކު ތިނަދޫ މިވަގުތު އޮތީ މޮނީޓަރިންގެ ހާލަތުގައި އެވެ. އަދި މިހާތަނަށް ތިނަދޫއިން ފައްސިވި މީހުންގެ އަދަދު ވަނީ 29 އަށް އަރާފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ