logoEN
ޕީއެންސީ 2
މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ އެހެން ހުރިހާ ސަރަހައްދުތަށް ފުރަބަންދު ކޮށްފި

މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ އެހެން ހުރިހާ ސަރަހައްދުތަށް ފުރަބަންދު ކޮށްފި

އަހުމަދު ޝުރާއު

logo

5/2/2021, 5:37:44 PM

12744251_1041159102607126_4958887907791673902_n

ކޮވިޑު ފެތުރުން ހުއްޓުވުމަށް އަޅާ ފިޔަވެއްގެ ގޮތުން މާލެ ސަރަހައްދު ފިޔަވާ އެހެން ހުރިހާ ސަރަހައްދެއްގައި އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން ހުއްޓާލުމަށް އެޗްޕީއޭއިން އަންގައިފިއެވެ.

ޝަރީ 2024

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ދާދި ދެންމެއަކު ނެރުނު އެންގުމެއްގައި ބުނެފައިވާ ގޮތުގައި އަތޮޅުތަކުގެ ރަށްރަށުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި 4 މޭ އިން ފެށިގެން އެއް ހަފްތާގެ މުއްދަތަށް މާލެ ސަރަހައްދު ފިޔަވައި އެހެން ރަށްރަށަށް ދަތުރުކުރުމުގައި ބައެއް ފިޔަވަޅުތައް އެޅުމަށް އަންގާ ކަމަށެވެ.

އަޅަން ނިންމާފައިވާ ފިޔަވަޅު ތަކަކީ ޒަރޫރީ ބޭނުންތަކަށާއި، ސިއްހީ ފަރުވާ ހޯދުމަށްޓަކައި މެނުވީ، މީހުން ދިރިއުޅޭ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލުމާއި މި ފިޔަވަޅު އަޅާ ހާއްސަ ހާލަތުގައި ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެނޫންވެސް ޒަރޫރީތަކެތި ފޯރުކޮށްދިނުމަށް ކުރާ ދަތުރުތަކާއި މަސައްކަތްތަކަށް، ލޯކަލް ކައުންސިލްތަކުން މަގުފަހިކޮށްދިނުމެވެ.

އެޗްޕީއޭއިން މި ފިޔަވަޅުތައް އަޅާފައި ވަނީ މިހާރު ރާއްޖެ ތެރޭގެ ރަށްތަކުގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާތީ އެވެ. އެގޮތުން މިހާރުވެސް ރާއްޖޭގެ 25 ރަށަކަށް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ. މީގެ ތެރެެއިން ގިނަ ރަށްތަކުގައި ހަލުވިކަމާއެކު ދަނީ ކޮވިޑް ފެތުރެމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ