logoEN
Sto top
ކޮވިޑް-19 : ތިނަދޫގައި ފިޔަވަޅުތަށް ވަރުގަދަކޮށްފި

ކޮވިޑް-19 : ތިނަދޫގައި ފިޔަވަޅުތަށް ވަރުގަދަކޮށްފި

އަހުމަދު ޝުރާއު

logo

5/2/2021, 5:23:16 PM

DSC_1295

ގދ ތިނަދޫ މުޖުތަމައުގެ ތެރެއިން ކޮވިޑް-19 ފެނި ހާލަތު ގޯސްވަމުން ދާތީ ތިނަދޫ އީއޯސީއިން އަޅާފައިވާ ފިޔަވަޅުތަށް އިތުރަށް ވަރުގަދަކޮށްފިއެވެ.

Wamco

ތިނަދޫ ކައުންސިލުން ދާދިދެންމެ އަކު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ތިނަދޫގައި ކޮވިޑް ފެތުރުން ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާކޮށް ރަށުތެރޭގައި އަޅުމަށް ހަމަޖެހިފައިވާ ފިޔަވަޅުތަށް ވަނީ އިއުލާންކޮށްފައިއެވެ.

ތިނަދޫގައި އަޅާފައިވާ ފިޔަވަޅުތަށް

ސައިހޮޓާ އަދި ރެސްޓޯރެންޓުތަކުން އާންމު ހިދުމަތްދިނުން ހުއްޓާލައި ، ރައްކާތެރިކަމާއި އެކު ޑެލިވަރީކުރުމުގެ ހިދުމަތް ދިނުން

ފިހާރަތަކުން ޑެލިވަރީގެ ހިދުމަތް ދިނުމާއި ، ފިހާރަތަކުގެ ތެރެއަށް ކަސްޓަމަރުން ނުވަދެ ހިދުމަތް ލިބިދެވޭ ގޮތަށް އިންތިޒާމްކުރުމާއި ނަގުދު ފައިސާ ބޭނުން ނުކޮށް ފައިސާ ޓްރާންސްފަރ ކުރެވޭ ގޮތް ހެދުން

ގާޑިޔާތަކުން އެޗްޕީއޭގެ ގައިޑްލައިންއާއި އެއްގޮތަށް ރޭގަނޑު 10:00 އާއި ހަމައަށް ހުޅުވާފައި ބެހެއްޓުން

ހުރިހާ ކުޅިވަރު ހަރަކާތްތަށް ހުއްޓާލުން

ފަރު މަސްވެރިކަން ކުރާ އުޅަނދުފަހަރު ކައުންސިލުން ދޫކުރާ ޚާއްސަ ހުއްދައިގެ ދަށުންނޫނީ 3 މީހުންނަށްވުރެ މަދު އަދަދަކަށް މީހުން ގޮވައިގެން ނޫނީ މަހަށް ނުފުރުން

އެއާޕޯޓް ޑިއުޓީތަކަށް މީހުން ދިޔުމާއި އައުން މަޑުޖައްސާލުން

ފިނިބުރު ޖެހުން މަނާކުރުން

3 މީހުންނަށް ވުރެ ގިނަމީހުން އެއްފަހަރާ އެއްތަކަނަށް އެއްވެއުޅުން މަނާކުރުން

މިސްކިތްތަކުގައި ރޯދަވީއްލުން ކުރިޔަށް ނުގެންދިއުން

ކަނޑު މަސްވެރިކަން ކުރާ އުޅަނދުފަހަރު ކައުންސިލާ ވެވޭ އިޤްރާރެއްގެ ދަށުން ނޫނީ މަހަށް ނުފުރުން

ސްކޫލް ، ކޮލެޖް ޔުނިވާރސިޓީ އަދި ޓިއުޝަންކްލާސްތަކާއި ޤްރުއާން ކްލާސްތަށް އޮންލައިންކޮށް ކުރިޔަށް ގެންދިޔުން

ކުޑަކުދިންގެ ޕާރކްތަކާއި ، މިއުޒިއަމް ޕާރކް ބަންދުކުރުން

އީއޯސީން ހުއްދަ ލިބިގެން ތިނަދޫއަށް އަންނަ އުޅަނދުފަހަރު ފެރީޓާމިނަލް ނޫންތަނަކަށް ބަނދަރު ނުކުރުން

ގްރޫޕް ރޯދަވީއްލުންތަށް ނުބޭއްވުމާއި އެއްވެނޫޅުން

ތިނަދޫ ކައުންސިލުން ވަނީ މި ދަނޑިވަޅުގައި އެންމެހާ ރައްޔިތުންވެސް ވީހާވެސް ގިނަ ވަގުތު ގޭގައި ތިއްބެވުމަށާއި ޟަޒޫރީ ކަމެއްގައި ނޫނީ ބޭރަށް ނުދިމުގެ އިތުރުން ބޭރަށް ދާނަމަ މާސްކު އެޅުމަށް އިލްތިމާސް ކޮށްފައިއެވެ. ހަމައެއާއި އެކު ރޯގާގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޑރ އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ކޮވިޑް-19 ހޮޓްލައިން ނަންބަރ 7934641 އާއި ހިއްސާކުރެއްވުމަށް ވެސް ވަނީ އިލްތިމާސްކޮށްފައިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside