ރޭ މުޒާހަރާ ރޫޅާލުމުގައި ބައިވެރިވި ފުލުހުން މަސްއޫލިއްޔަތުތަކުން ދުރުކޮށްފި

ރޭ މުޒާހަރާގެ ތެރެއިން - ފޮޓޯ އަވަސް

ރޭ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހާރާ ރޫޅާލުމުގައި ބައިވެރިވި ފުލުހުން އަމަލުކޮށްފައިވާގޮތް ބަލައި ނިމެންދެން އެ ފުލުހުން މަސްއޫލިއްޔަތުތަކުން ދުރުކޮށްފިއެވެ.

މާލޭގައި ރޭ ކުރިއަށް ގެންދިޔަ މުޒާހަރާ ރޫޅާލުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތް ޕްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑުންނާއި ޔޫސް އޮފް ފޯސް ރިވިއު ކޮމިޓީން ބަލަމުން އަންނަކަމަށާއި ވަކިގޮތަކަށް މައްސަލަ ނިމެންދެން ފްރޮންޓް ލައިން ޕޮލިސިންގެ މަސްއޫލިއްޔަތު ތަކުން އެ ފުލުހުން މިހާރު ވަނީ ދުރުކޮށްފައިވާކަމަށް ފުލުހުންވަނީ ޓްވިޓާ މެދުވެރިކޮށް ހާމަކޮށްފައެވެ.

ރޭގައި އާންމުން ކުރިޔަށް ގެންދިޔަ މުޒާހަރާއަކީ ޖިންސީ ފުރައްސާރައިގެ މައްސަލަތަކާއި ދެކޮޅަށް އަޑު އުފުލުމަށް ޒުވާނުންތަކެއް ކުރި އިހްތިޖާޖެކެވެ. މި އިހްތިޖާޖު އެމީހުން ފެށީ ރަސްފަންނު ސަރަޙައްދުންނެވެ. އެއްވުމުގެ ބައިވެރިން މަޖީދީމަގުން ހިނގައިގަންނަން އުޅުމުން ފުލުހުން ވަނީ ބައިވެރިން ހުއްޓުވާ އަޑުގަދަކުރަން ބޭނުން ކުރާ ލައުޑް އަތުލާފަ އެވެ. އަދި ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް މުޒާހަރާ ރޫޅާފަ އެވެ.

ރޭ މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުންކުރިގޮތް ތަހުގީގުކޮށް ފިޔަވަޅު އަޅާނެކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަދި ކޮމިޝަރ އޮފް ޕޮލިސް، މުޙައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް