logoEN
cocacola
ފުލުހުން ނޫސްވެރިންނަށް ހުރަސް އަޅާފައިވާތީ މީޑިއާ ކައުންސިލުން އެކަން ކުއްވެރިކޮށްފި

ފުލުހުން ނޫސްވެރިންނަށް ހުރަސް އަޅާފައިވާތީ މީޑިއާ ކައުންސިލުން އެކަން ކުއްވެރިކޮށްފި

ހުސެއިން

logo

5/2/2021, 2:20:59 PM

big_mIVtbsCbZC0h9r8KWRpOAltls

ރޭ ކުރި މުޒާހަރާ ކަވަރު ކުރުމަށް ދިޔަ ނޫސްވެރިންނަށް ފުލުހުން ހުރަސް އަޅާފައިވާތީ މޯލްޑިވްސް މީޑިއާ ކައުންސިލް އިން އެކަން ކުއްވެރިކޮށްފިއެވެ.

ގޮސިޔާ

މީޑިއާ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ރޭ ކުރިއަށްދިޔަ މުޒާހަރާ ކަވަރުކުރުމަށް ހަރަކާތްތެރިވި ބައެއް ނޫސްވެރިންގެ މަސައްކަތައް ފުލުހުންގެ ފަރާތުން ހުރަސް އަޅާފައިވާކަމަށާއި، ނޫސްވެރިންނާއި ބޭއަދަބީ ބަހުރުވައިން މުހާތަބުކޮށް ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާކަމުގެ ޝަކުވާތައް ލިބިފައިވާ ކަމަށާއި އެކަންކަން ހަރުކަށި އިބާރާތުން ކުއްވެރިކުރާ ކަމަށެވެ.

މީގެ އިތުރުން އެ މުޒާހަރާ ކަވަރުކުރުމުގެ ތެރެއިން ނޫސްވެރިންގެ ކިބައިންވެސް، ނޫސްވެރިކަމުގެ އަޚުލާގީ މިންގަޑާ ނުގުޅޭ ބޭއަދަބީ އަމަލުތައް ފެނިގެންގޮސްފައިވާކަން ފާހަގަކޮށް އެ ކައުންސިލުން ވަނީ އެކަން ވެސް ކުށްވެރިކޮށްފައެވެ.

މީޑިއާ ކައުންސިލުން ފާހަގަކޮށްފައިވާ ގޮތުގައި ނޫސްވެރިންނަކީ މުޖުތަމައު ތެރޭގައި އުޅޭ އުޅުމުގައި އާއި ހާއްސަކޮށް މަސައްކަތުގެ ތެރޭގައި ވަކި މިންގަނޑެއް ހިފަހައްޓާ، މުޅި މުޖުތަމައުއަށް ނަމޫނާ ބަޔަކަށް ވާންޖެހޭނެ ކަމަށެވެ.

އަދި ނޫސްވެރިންގެ މިނިވަންކަމުގެ އިމުގެ ތެރޭގައި ޕްރޮފެޝަނަލް ވާޖިބު އަދާކުރަމުންދާހާ އިރު އެއްވެސް ފަރާތަކުން، ނޫސްވެރިޔާގެ މަސައްކަތަށް ދަތިކޮށް ހުރަސްއެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެ ބަޔާނުގައިވެއެވެ.

އެ ކައުންސިލުން ވަނީ ރޭގެ އިހުތިޖާޖާ ގުޅިގެން ކަން ހިނގާފައިވާ ގޮތް ބަލައި، ނޫސްވެރިންގެ މަސައްކަތަށް ހުރަސްއަޅާފައިވާ ނަމަ އެކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވާލައިފައެވެ.

ރޭގައި އާންމުން ކުރިޔަށް ގެންދިޔަ މުޒާހަރާއަކީ ޖިންސީ ފުރައްސާރައިގެ މައްސަލަތަކާއި ދެކޮޅަށް އަޑު އުފުލުމަށް ޒުވާނުންތަކެއް ކުރި އިހްތިޖާޖެކެވެ. މި އިހްތިޖާޖު އެމީހުން ފެށީ ރަސްފަންނު ސަރަޙައްދުންނެވެ. އެއްވުމުގެ ބައިވެރިން މަޖީދީމަގުން ހިނގައިގަންނަން އުޅުމުން ފުލުހުން ވަނީ ބައިވެރިން ހުއްޓުވާ އަޑުގަދަކުރަން ބޭނުން ކުރާ ލައުޑް އަތުލާފަ އެވެ. އަދި ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް މުޒާހަރާ ރޫޅާފަ އެވެ.

ރޭ މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުންކުރިގޮތް ތަހުގީގުކޮށް ފިޔަވަޅު އަޅާނެކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަދި ކޮމިޝަރ އޮފް ޕޮލިސް، މުޙައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ