logoEN
cocacola
ތިނަދޫއިން އިތުރު ބަޔަކު ފައްސިވެއްޖެ, ކުޑަކުދިންވެސް ހިމެނޭ!

ތިނަދޫއިން އިތުރު ބަޔަކު ފައްސިވެއްޖެ, ކުޑަކުދިންވެސް ހިމެނޭ!

އަހުމަދު ޝުރާއު

logo

5/2/2021, 5:47:28 PM

DSC_1280

ގދ ތިނަދޫއިން އިތުރު 5 ފަރާތެއް ފައްސިވެ، ޖުމުލަ ފައްސިވި މީހުންގެ އަދަދު 28 އަށް އަރައިފި އެވެ.

ގޮސިޔާ

ތިނަދޫއިން އިތުރު ބަޔަކު ފައްސިވި ކަން ތިނަދޫ ކައުންސިލްގެ ރައީސް އަލީ އަމްޖަދް ވަނީ " ގާފު" އަށް ކަށަވަރު ކޮށްދީފައި އެވެ. "ގާފު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފައްސިވި ފަރާތްތަކަކީ ތިނަދޫއިން މިފަހުން ފެނުނު ފުރަތަމަ ކްލަސްޓާރގެ ޑައިރެކްޓް ކޮންޓެކްޓް ތަކެކެވެ.

''ގާފު'' އަށް އިތުބާރުހުރި ފަރާތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ފައްސިވި 5 ފަރާތުގެ ތެރޭގައި 3 ކުޑަކުއްޖަކު ހިމެނެ އެވެ. އަދި އޭގެ ތެރެއިން އެއްކުއްޖަކީ އުމުރުން އަދި އެންމެ 3 މަހުގެ ކުއްޖެއްކަން ވެސް ވަނީ މައުލޫމާތު ލިބިފައި އެވެ.

ތިނަދޫ މޮނީޓަރިންގ ހާލަތަށް ގެނެވިފައިވަނީ އޭޕްރިލް 24ވަނަ ދުވަހު ތިނަދޫގައި ހޯމް ކަރަންޓީނުގައި ހުރި ދެ މީހަކު ފައްސިވެ، އެ ފަރާތްތަކާ ޑައިރެކްޓް ކޮންޓެކްޓްވި ކަރަންޓީނުގައި ނެތް ފަރާތެއް ފައްސިވުމާ ގުޅިގެންނެވެ. އަދި އެކޭސް އާ ގުޅުމެއް ނެތް އެހެން ކޭސްތަކެއްވެސް ތިނަދޫ އިން ވަނީ ފެނިފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ