logoEN
Sto top
ތިނަދޫ ޑިޓޮކްސް ސެންޓަރުގެއި ކޭޓަރިންގ ހިދުމަތްދޭނެ ފަރާތެއް ހޯދަނީ!

ތިނަދޫ ޑިޓޮކްސް ސެންޓަރުގެއި ކޭޓަރިންގ ހިދުމަތްދޭނެ ފަރާތެއް ހޯދަނީ!

އަހުމަދު ޝުރާއު

logo

5/2/2021, 10:26:48 AM

88364032_511058203165223_4452629674215866368_n-1536x1152

ނެޝަނަލް ޑްރަގް އޭޖެންސީއިން ގދ ތިނަދޫގައި ހިންގާ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުގެ ކޭޓަރިންގ ހިދުމަތް ދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާންކޮށްފި އެވެ.

Wamco

އެ އޭޖެންސީއިން ގެޒެޓު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތުގައި ތިނަދޫ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުގެ ކޭޓަރިންގެ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަނީ ދެއަހަރު ދުވަހަށެވެ.

މިއީ މި އޭޖެންސީއިން މިކަމަށް އިއުލާން ކުރި ދެވަނަ ފަހަރެވެ. އެގޮތުން މިދިޔަ މާޗު މަހުގެ 15 ވަނަ ދުވަހުވެސް ވަނީ ތިނަދޫ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުގެ ކޭޓަރިންގ ހިދުމަތް ދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފައި އެވެ. އެ އިއުލާން ބާތިލް ކޮށްފައިވަނީ ޝަރުތު ހަމަވާ އަންދާސީ ހިސާބެއް ނުލިބުމުން ކަމަށްވެސް އެންޑީއޭގެ އިއުލާނުގައި ވަނީ ބުނެފައި އެވެ.

ނެޝަނަލް ޑްރަގް އޭޖެންސީއިން ވަނީ މިކަމަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައި އެވެ. އެގޮތުން އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ތާރީހަކީ 13 މޭ 2021 ވަނަ ދުވަހުގެ މެންދުރު 13:00 އެވެ.

ގދ ތިނަދޫގައި ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރެއް ހުޅުވާފައިވަނި 19 މާރޗް 2020 ގައެވެ. މިސެންޓަރގައި މައިގަނޑު ގޮތެއްގައި ދެވޭ ހިދުމަތްތަކަކީ ޑިޓޮކްސިފިކޭޝަން ހިދުމަތާއި ކޮމިއުނިޓީ ހިދުމަތެވެ. ޑިޓޮކްސިފިކޭޝަން ހިދުމަތަކީ މަސްތުވާތަކެތި ބޭނުން ކުރަމުން އަންނަ މީހުންގެ ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ނައްތާލުމަށް ޑޮކްޓަރުންނާއި ސިއްޙީ އެހީތެރިންނާއި ކައުންސިލަރުންގެ އެހީތެރިކަމާއެކު ދެވޭ ފަރުވާ ޕްރޮގްރާމެކެވެ

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside