logoEN
ކޮކާކޯލާ
ތިނަދޫ އާރްއާރްޓީގެ ހިތްވަރު އެންމެ ފޮޓޯއަކުން!

ތިނަދޫ އާރްއާރްޓީގެ ހިތްވަރު އެންމެ ފޮޓޯއަކުން!

އަހުމަދު ޝުރާއު

logo

5/2/2021, 9:33:04 AM

photo_2021-05-02 05.09.10

ހުވަދު އަތޮޅު ދެކުނުބުރީގެ ވެރިކަން ކުރާ ރަށްކަމުގައިވާ ގދ ތިނަދޫގެ މުޖުތަމައުގެ ތެރެއިން ކޮވިޑް-19 ފެނުމާއެކު މުޅިރަށް އޮތީ ބިރުވެރިކަމެއްގެ ތެރޭގައެވެ. މިހާލަތަށް އައުމާއެކު ތިނަދޫގެ ސިއްހީ ނިޒާމަށް މިވަނީ ބާރުބޮޑުވެފައި އެވެ. އަދި ސިއްހީ ޚިދުމަތްތެރިންނަށްވެސް ބާރު ބޮޑުވެއްޖެ އެވެ.

އަބުޅޯ

ތިނަދޫގެ ކޮވިޑް ހާލަތުގައި އެންމެ ބުރަކޮށް މަސައްކަތް ކުރާ ބަޔަކީ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ރެޕިޑް ރެސްޕޮންސް ޓީމް، އާރްއާރްޓީއެވެ. މިޓީމުން ދައްކަވަމުން އަންނަ ހިތްވަރަކީ ތިނަދޫ ރައްޔިތުންގެ ހިތްތަކަށް ލިބިގެންދާނެ އެންމެ ބޮޑު އެއް ތަސައްލީ އެވެ. މި ބިރުވެރި ހާލަތުގައި އަމިއްލަ ފުރާނަ ނުރައްކަލަށް ހުށަހަޅަމުން މި ޓީމުގެ މެމްބަރުން ކުރަމުން އަންނަ މަސައްކަތަކީ މި ދަނޑިވަޅުގައި އަހަރަމެން އެންމެންގެ ޝުކުރު ހައްގުވާ މަސައްކަތެކެވެ. މިޓީމުން އަންނަނީ ދުވާލެއްގެ މައްޗަށް 100 އަށް ވުރެ ގިނަ ސާމްޕަލް ނަގައި ޓެސްޓު ކުރަމުންނެވެ.

ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ރެޕިޑް ރެސްޕޮންސް ޓީމުގައި މަސައްކަތް ކުރަމުން އަންނަނީ އެ ހޮޮސްޕިޓަލުގެ ނަރުހުންގެ ޓީމަކާއި ޑޮކްޓަރުންގެ ޓީމަކާއި ލެބް ޓެކްނީޝަނުން އަދި ވެހިކަލް ޑްރައިވަރުންގެ ޓީމެއްގެ މައްޗަށް އެކުލަވާލެވިފައިވާ ޓީމަކުންނެވެ. އަދި މީގެ އިތުރުން ތިނަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރަމުން އަންނަ ފުލުހުން ވެސް ދަނީ މި ޓީމަށް ސާމްޕަލް ނެގުމުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ތިނަދޫގެ ހާލަތު ގޯސްވުމާ އެކު މި ޓީމުގެ މަސައްކަތް އިތުރަށް ހަލުވި ކޮށް ރައްޔިތުންގެ ރައްކާތެރިކަމަށް މިޓީމު ދަނީ ހުއްޓުމެއްނެތި މަސައްކަތް ކުރަމުންނެވެ. މި ޓީމުގެ ހިތްވަރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ މި ފޮޓޯއިން އެކަނިވެސް ރަމްޒުކޮށްދެއެވެ.

undefined

ފޮޓޯއިން ފެންނަނީ ރޭންޑަމް ސާމްޕަލް ނެގުމުގައި ރަށު ތެރޭގައި ހަރަކާތްތެރިވުމަށްފަހު ވަރުބަލި ފިލުވާލަން ތިބޭ މަންޒަރެވެ. އެކަމަށް ނުކުންނަނީ ހެޒްމެޓް ސޫޓުގައި ކަމަށްވުމުން، އެ ސޫޓު ލާ ވަގުތުން ފެށިގެން ބާލަންދެން އަސާސީ ބައެއް ބޭނުންތަކުން ދުރުވާން ޖެހެއެވެ. ކެއުމާއި ބުއިމާއި ފާޚާނާ ކުރުން ހިމެނޭ ގޮތަށެވެ. މީގެ އިތުރުން އެ ސޫޓަކީ ވައިބަންދު ސޫޓެއް ކަމުން އެހާ ހޫނުވެ ދާހިއްލާނެ އެވެ.

ޚާއްސަކޮށް މިފަދަ ރޯދަމަހެއްގައި، ދުވާލު ރޯދައަށް ތިބުމަށްފަހު ރޭގަނޑު އރފަދަ ބުރައެއް އުފުލުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ. އެ ވޭނުގައި އާރުއާރުޓީ އެ މަސައްކަތް ކުރަނީ ހިތްވަރާއި އަޒުމާއެކު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ.

ރެންޑަމް ސާމްޕަލިންގް ނެގުމާއި ފައްސިވާ ފަރާތްތައް ކަރަންޓީނު ކުރުމުގައި މި ޓީމުގެ އެންމެ މެމްބަރެއްވެސް ފަހަތަކަށް ނުޖެހެއެވެ. މި ޓީމުގެ މަސައްކަތް ރަމްޒުކޮށްދެނީ ތިނަދޫގެ ސިއްހީ ހިދުމަތްތެރިންގެ މި ބަލިމަޑުކަމުން ތިނަދޫއާއި ހުވަދު އަތޮޅުގެ ރައްޔިތުން ސަލާމާތްކުރުމަށް ކުރަމުން އަންނަ ބޮޑު ހަނގުރާމައެވެ.

މިހާތަނަށް ތިނަދޫއިން ޖުމުލަ 23 މީހަކު ވަނީ ކޮވިޑް-19 އަށް ފައްްސިވެފައި އެވެ. އަދި މިވަގުތު ތިނަދޫ ވަނީ މޮނީޓަރިންގ ހާލަތަށްވެސް ގެނެވިފައި އެވެ.

ގާފު ޓީމުން ތިނަދޫގެ އާރްއާރްޓީ އަށާއި ރާއްޖޭގެ ހުރިހާ ސިއްހީ ހިދުމަތްތެރިންގެ މަސައްކަތް ބަލައިގަނެ މުޅި ގާފު ޓީމުގެ ހުރިހާ މުވައްޒަފުންގެ ނަމުގައި ޝުކުރު އަދާކުރަމެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ