ފުލުހުން އަނިޔާކުރި ކަމަށް ބުނާ މައްސަލަ ބަލާނަން – ފުލުހުން

ފޮޓޯ : އަދަދު ނޫސް

މަސައްކަތުގެ މާހައުލުގައި މުވައްޒަފުންނަށް ކުރާ ޖިންސީ ގޯނާ އާއި ދެކޮޅަށް ޒުވާނުންތަކެއް އިސްނަގައިގެން ހޮނިހިރު ދުވަހުގެ ރޭ ބޭއްވި އިހުތިޖާޖުތަކުގެ ބައިވެރިންނާއި ދެކޮޅަށް ފުލުހުން ބާރުގެ ބޭނުންކުރި ގޮތް ބަލަން ފަށައިފި އެވެ.

ފުލުހުންގެ ޕްރޮފެޝަނަލް ކަމާ ދޭތެރޭ އެތައް ބަޔަކު ސުވާލު އުފައްދާ ފާޑުކިޔުން ވަނީ އަމާޒުކުރުމާއިި ގުޅިގެން މިއިހުތިޖާޖުގައި ބާރުގެ ބޭނުން ކޮށްފައިވާ ގޮތް، ހާއްސަ އިސްކަމެއް ދީގެން ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން އަދި ޔޫސް އޮފް ފޯސް ރިވިއު ކޮމެޓީން މިހާރު ބަލަން ފަށާފައިވާކަމަށް ފުލުހުން ވަނީ ބުނެފައި އެވެ.

މީގެ އިތުރުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުލުހުން ބާރުގެ ބޭނުންކުރަން ގާނޫނު ހުއްދަކުރާ ހާލަތުގައިވެސް ބާރުގެ ބޭނުން ކުރަންވާނީ ބާރުގެ ބޭނުން ކުރުމަށް ކަނޑައެޅިފައި އޮންނަ މިންގަނޑުގެ ތެރެއިން ކަމަށެވެ. އަދި މިރޭ ހިނގާދިޔަ ހާދިސާގައި ޔޫސް އޮފް ފޯސްގެ މިންގަނޑުތަކާއި ހިލާފަށް އެއްވެސް ކަމެއް ހިނގާފައިވޭތޯ ބަލާނެ ކަމަށެވެ.

މިރޭގެ އިހުތިޖާޖު ހުއްޓުވަން މަސައްކަތް ކުރި ބައެއް ފުލުހުން ވަނީ އިހުތިޖާޖުގެ ބައިވެރިންނާއި ނޫސްވެރިންނަށް އަމާޒުކޮށް ވަރަށް ހުތުރު ބަހުން މުއާމަލާތްވެސް ކޮށްފައެވެ. އަދި ހައްޔަރު ކުރި މީހުންނަށް ހައްޔަރު ކުރުމުގެ ތެރޭގައި ގަސްތުގައި އަނިޔާކޮށްފައިވާ ކަމަށްވެސް އިހްތިޖާޖުގެ ބައިވެރިން ވަނީ ބުނެފައިއެވެ.

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް