logoEN
Sto top
ބަޔަކަށް ދެއްވާނެ އެެންމެ ބޮޑު ނިޔުމަތަކީ އިސްލާމް ދީން - ހުތުބާ

ބަޔަކަށް ދެއްވާނެ އެެންމެ ބޮޑު ނިޔުމަތަކީ އިސްލާމް ދީން - ހުތުބާ

އަހުމަދު ޝުރާއު

logo

11/20/2020, 1:40:49 PM

15EFA1D9-C677-4DCE-BB9C-20AE356915EF

އިސްލާމް ދީނަކީ ބަޔަކަށް ދެއްވާނެ އެެންމެ ބޮޑު ނިޔުމަތް ކަމަށާއި އަހަރަމެންގެ މުޅި ޙަޔާތް އެ ދީނުގެ އުސޫލުތަކާ އެއްގޮތަށް ބައްޓަން ކުރަންޖެެހޭ ޖެހޭ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

Wamco

މިއަދުގެ ހުކުރު ޚުތުބާގައި ފާހަގަކޮށްފައިވާ ގޮތުގައި މިއަދު ދުނިޔެ ހޯދައިފައިވާ ޓެެކްނޮލޮޖީގެ ކުރިއެރުންތަކާއި ރަށްވެެހިކަމުގެ ސަބަބުން އިންސާނާގެ ޙަޔާތަށް މާއްދީ ގިނަގުނަ ފާގަތިކަމާއި ކުރިއެެރުންތައް ލިބެމުން ދިޔަނަމަ ވެެސް އިސްލާމް ދީނުގެެ އިލްމާއި ދުރުވެއްޖެ ނަމަ އޭނަ އަށް ބޭނުންވާ ރޫޙާނީ ކާނަތައް ދާނީ މަދުވަމުންނެވެ. އެހެންކަމުން އިސްލާމް ދީނުގެ އަގުތައް މިއަދު މުސްލިމުންގެ ހިތްތަކުގައި އަލުން ދިރުވަން ވަނީ ޖެެހިފައެވެ. އިންސާނާގެ ޙަޔާތަށް ހިތްހަމަޖެހުމާއި ބާއްޖަވެރިކަން ގެނެސްދިނުމާއި، ހިތްތަކުގައި އެކުވެރިކަމާއި، އެއްބަނޑު އެެއްބަފާކަމުގެ ޝުޢޫރުތައް އަށަގަންނުވައި، އާލަކުރުމަށްޓަކައި، މިއަދު އަހަރަމެން މި ވަނީ އިސްލާމް ދީނުގެެ ހަމަތަކުގައި ހިފުމަށް ބޭނުންވެފައި ކަމަށްވެސް ޙުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

ޚުތުބާގައި އިތުރަށް ބުނެފައިވަނީ އިންސާނިއްޔަތުކަމަށް އަނބުރާ ގެެންގޮސްދޭ އެއްޗަކީ އިސްލާމް ދީނެވެ. އިންސާނާއާ އޭނާގެ އަޙާއާއި ދެމެދުގައިވާ އިންސަނިއްޔަތުކަމުގައި ގުޅުން ބަދަހިކޮށްދޭ އެއްޗަކީ އިސްލާމް ދީން ކަމުގައިވާތީއާއި ދީނަކީ ފަރުދުންނާއި ޢާއިލާ އާއި މުޖްތަމަޢުގެ ގުޅުމުގެެ މުޅި ނިޒާމެވެ. އެއީ މުޖުތަމަޢަށް ރަނގަޅު މަގު ދަސްކޮށްދީ، ބަޔާންކޮށްދެއްވުމަށް ބާވައިލެއްވި ﷲ ގެެ ރިސާލަތްކަމަށްވެެސް ޙުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

ދިވެެހިރާއްޖެ އިސްލާމްވި ދުވަހުގެ މަތިން ހަނދާން ކުރާއިރު މި ލޮބުވެތި ވަޠަނުގައި އިސްލާމްދީން ދެމެހެއްޓުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަންޖެހޭކަމަށާއި މި ޤައުމަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށް ވާތީ އެކަމާ ދެކޮޅުހަދާ އަދި ހަސަދަވެރިވާ ބަޔަކު އުޅެކަމަށްވެސް ޙުތުބާގައި ފާހަގަކުރައްވާފައިވެއެވެ. އެެގޮތުން ޕޯޗުގީޒުގެ އިސްތިޢުމާރުގައި އެކަން ވަރަށް ރަނގަޅަސް ދިވެހި އުންމަތަށް ފެނިފައިވާނެ ކަމަށްވެެސް ވަނީ ފާހަގަކުރައްވާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside