logoEN
PNC TOP 3
އިންޑިއާ އިން އޮސްޓްރޭލިއާ އަށް ދަތުރުކޮށްފި ނަމަ ޖަލަށްލާނެ ކަމުގެ އިންޒާރު!

އިންޑިއާ އިން އޮސްޓްރޭލިއާ އަށް ދަތުރުކޮށްފި ނަމަ ޖަލަށްލާނެ ކަމުގެ އިންޒާރު!

އަހުމަދު ޝުރާއު

logo

5/2/2021, 9:30:06 AM

The international arrivals area at Kingsford Smith International Airport is seen after Australia implemented an entry ban on non-citizens and non-residents due to the coronavirus disease (COVID-19) in Sydney

އިންޑިއާ އިން އޮސްޓްރޭލިއާ އަށް ދަތުރު ކުރުން މި ދުވަސްވަރު މަނާކޮށްފައިވާތީ އިންޑިއާ އިން އޮސްޓްރޭލިއާ އަށް ދަތުރުކޮށްފި ނަމަ ފަސް އަހަރުގެ ޖަލު ހުކުމަކާ އެކު ބޮޑު ޖޫރިމަނާއަކާ ކުރިމަތިލާން ޖެހިދާނެކަމަށް އޮސްޓްރޭލިއާއިން ބުނެފި އެވެ.

PNC MID 2

އޮސްޓްރޭލިއާގެ ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި އިންޑިއާ އިން އެ ގައުމަށް މީހުން ދަތުރުކުރުން މަނާކުރީ ކަރަންޓީނުގައި ތިބި މީހުންގެ ތެރޭން ކޮވިޑަށް ޕޮޒިޓިވްވާ ރޭޓް މަތިވުމުން ކަމަށެވެ. ހެލްތު މިނިސްޓްރީން ބުނީ ކަރަންޓީން ފެސިލިޓީތަކުން ޕޮޒިޓިވްވާ އަދަދު މެނޭޖްކުރެވޭ މިންވަރަށް ދަށް ކުރަން ބޭނުންވާ ކަމަށެވެ.

މިފަޔަވަޅު އޮސްޓްރޭލިއާއިން އެޅިއިރު މިދިޔަ ހަފުތާގައި އޮސްޓްރޭލިއާ އިން ވަނީ އިންޑިއާ އިން ދަތުރުކުރާ ހުރިހާ ފްލައިޓެއް މަނާކޮށްފަ އެވެ.

އޮސްޓްރޭލިއާގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި އަމިއްލަ ގައުމަށް ދަތުރުކޮށްގެން ޖިނާއީ ކުށަކާ ކުރިމަތިލާން ޖެހޭ މިއީ ފުރަތަމަ ފަހަރެވެ.

އޮސްޓްރޭލިއާގެ ގާތްގަނޑަކަށް 9،000 މީހުން އިންޑިއާގައި ދިރިއުޅެ އެވެ.

އޮސްޓްރޭލިއާ އިން ހަމަޖައްސާފައިވާ އާ އުސޫލާ ޚިލާފަށް އިންޑިއާ އިން އެއްވެސް މީހަކު އެ ގައުމަށް ދަތުރުކޮށްފި ނަމަ ފަސް އެހަރުގެ ޖަލު ހުކުމެއް ނުވަތަ 51،000 ޑޮލަރުން ޖޫރިމަނާކުރުމުގެ ބިރު ބޮޑެވެ. މެއި 15 ވަނަ ދުވަހަށް ފަހު މި އުސޫލުން އަލުން މުރާޖައާ ކުރާނެ އެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC