logoEN
PNC TOP 3
މުޒާހަރާއެއްގެ ތެރެއިން ޝުމްބާ ހައްޔަރުކޮށްފި

މުޒާހަރާއެއްގެ ތެރެއިން ޝުމްބާ ހައްޔަރުކޮށްފި

ޝުމްބާ

ޖިންސީ ގޯނާ އާ ދެކޮޅަށް މިހާރު މާލޭގައި ކުރިއަށްގެންދާ މުޒާހަރާގެ ތެރެއިން މީސް މީޑިއާގެ އެކްޓިވިސްޓް ޝުމްބާ ހައްޔަރުކޮށްފި އެވެ.

PNC MID 2

މަސައްކަތްތެރިންގެ ދުވަހާ ގުޅުވައިގެން މިރޭ ކުރިއަށް ގެންދިޔަ އެ މުޒާހަރާއަކީ މަސައްކަތުގެ މާހައުލުގައި ކުރާ ޖިންސީ ގޯނާއާ ދެކޮޅަށް ކުރަމުންދިޔަ މުޒާހަރާ އެކެވެ.

މި އެއްވުން ފެށީ މިރޭ 8:45 ހާއިރު ރަސްފަންނުންނެވެ. އެއްވުމުގެ ބައިވެރިން މަޖީދީމަގުން ހިނގައިގަންނަން އުޅުމުން ފުލުހުން ވަނީ ބައިވެރިން ހުއްޓުވާ އަޑުގަދަކުރަން ބޭނުން ކުރާ ލައުޑް އަތުލާފަ އެވެ. އަދި ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް މުޒާހަރާ ރޫޅާފަ އެވެ.

ޒުވާނުންގެ ބައިވެރިވުމާއެކު ކުރިއަށް ގެންދިޔަ އެ މުޒާހަރާގެ ތެރެއިން, ޝުމްބާގެ އިތުރުން އެހެން ބައެއް ބައިވެރީންވެސް ހައްޔަރުކޮށްފައި ވެއެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC