logoEN
ޕީއެންސީ 2
ޖަޒީރާ ބޯޓުގެ ޑައިރެކްޓް ކޮންޓެކްޓެއް ފައްސިވެ އަދަދު 23 އަށް!

ޖަޒީރާ ބޯޓުގެ ޑައިރެކްޓް ކޮންޓެކްޓެއް ފައްސިވެ އަދަދު 23 އަށް!

އަހުމަދު މާހު

logo

5/1/2021, 8:58:52 PM

DSC_1211

މާލެއިން ތިނަދޫއަށް އައި ޖަޒީރާ ބޯޓުން އިތުރު މީހަކު ކޮވިޑް19 އަށް ފައްސިވެ ތިނަދޫގެ އެކްޓިވް ކޭސްތަކުގެ އަދަދު 23 އަށް އަރައިފިއެވެ.

ޝަރީ 2024

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ ކ.މާލެއިން ތިނަދޫއަށް ދަތުރުކޮށްފައިވާ ޖަޒީރާ ބޯޓުން ކޮވިޑް-19އަށް ފައްސިވި ފަޅުވެރިންގެ ކޮންޓެކްޓް ޓްރޭސިންގައި ފާހަގަކުރެވުނު އިތުރު ޑައިރެކްޓް ކޮންޓެކްޓެއް ކޮވިޑް 19އަށް ފައްސިވެފައިވާ ކަމަށާއި މިހާރު ތިނަދޫގެ އެކްޓިވް ކޭސްގެ އަދަދަކީ 23 ކަމަށެވެ.

ތިނަދޫގެ އެކްޓިވް ކޭސްތަކަށް ބަލާއިރު, ފައްސިވެފައިވާ 23 މީހުންގެ ތެރެއިން 4 މީހުންނަކީ ކަރަންޓީނުގައި ތިބި މީހުންނެވެ. އަދި ޖަޒީރާ ބޯޓު އިހަލުގައި ފައްސިވެފައިވާ 9 މީހަކު ހިމެނޭ އިރު ގޯސިޔާ އިހަލުގައި ފައްސިވި 6 މީހަކު ހިމެނެއެވެ. އަދި ރޭންޑަމް ސާމްޕަލްތަކުން އެއްވެސް އިހަލަކާ ނުގުޅޭ 19 މީހަކުވަނީ ބައްޔަށް ފައްސިވެފައެވެ.

ތިނަދޫ މޮނީޓަރިންގ ހާލަތަށް ގެނެވިފައިވަނީ އޭޕްރިލް 24ވަނަ ދުވަހު ތިނަދޫގައި ހޯމް ކަރަންޓީނުގައި ހުރި ދެ މީހަކު ފައްސިވެ، އެ ފަރާތްތަކާ ޑައިރެކްޓް ކޮންޓެކްޓްވި ކަރަންޓީނުގައި ނެތް ފަރާތެއް ފައްސިވުމާ ގުޅިގެންނެވެ. އަދި އެކޭސް އާ ގުޅުމެއް ނެތް އެހެން ކޭސްތަކެއްވެސް ތިނަދޫ އިން ވަނީ ފެނިފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ