logoEN
ކޮކާކޯލާ
ފަރުދީ ޒިންމާ އަދާކުރި ކޮވިޑް ޕޭޝަންޓަކަށް ނޫސްވެރިއެއްގެ ފުރައްސާރަ!

ފަރުދީ ޒިންމާ އަދާކުރި ކޮވިޑް ޕޭޝަންޓަކަށް ނޫސްވެރިއެއްގެ ފުރައްސާރަ!

އަހުމަދު މާހު

logo

5/1/2021, 8:53:07 PM

IMG_0175

ގދ. ތިނަދޫ ގައި ކޮވިޑް19 އަށް ޕޮޒިޓިވްވި ފަރާތަކުން ފަރުދީ ޒިންމާ އަދާކުރުމުން, ނޫސްވެރިއަކު އެމީހާއަށް ފުރައްސާރަކޮށްފިއެވެ.

އަބުޅޯ

ފުރައްސާރަކޮށްފައިވަނީ މިއަދު ހަވީރު ޕޮޒިޓިވް ނަތީޖާ ލިބުނު ކޭސްތަކުގެ ތެރޭގައި ހިމެނޭ ޕޭޝަންޓަކަށެވެ. އެ ޕޭޝަންޓު ވަނީ ޕޮޒިޓިވް ވިކަން އެނގުމާއެކު ފޭސްބުކް މެދުވެރިކޮށް އޭނާ ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަމާއި, ފާއިތުވި ދުވަސްތަކުގައި އޭނާ ގޮސްފައިވާ ތަންތަން ހާމަކޮށް އާންމުކޮށްފައެވެ. އަދި އޭނާ އާ ކޮންޓެކްޓް ވެފައިވާ ފަރާތެއް ވާނަމަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ކޮވިޑް ހޮޓްލައިނަށް ގުޅައި މައުލުމާތު ދިނުމަށްވެސް ވަނީ އެދިފައެވެ.

undefined

ފަރުދީ ޒިންމާ އަދާކޮށް އެހުރިހާ މައުލޫމާތެއް އާންމު ކުރުމުން, ތިނަދޫގައި ހިންގާ އައްޑޫ ނޫހެއްގައި މަސައްކަތް ކުރާ ނޫސްވެރިޔަކު ވަނީ އެ ޕޭޝަންޓަށް މަލާމަތްކޮށް ފުރައްސާރަކޮށްފައެވެ. މިކަމާ ގުޅިގެން އެ ނޫސްވެރިޔާއަށް ގިނަ ބައެއްގެ ނުރުހުން ވަނީ އަމާޒުވެފައެވެ. އަދި އެކަން ކުށްވެރިކޮށް ގިނަ ބަޔަކު ދަނީ ކޮވިޑަށް ފައްސިވި ފަރާތަށް ހިތްވަރުދީ ދެއްކި ރީތި މިސާލަށް ތައުރީފް ކުރަމުންނެވެ.

undefined

ތިނަދޫ މޮނީޓަރިންގ ހާލަތަށް ގެނެވިފައިވަނީ އޭޕްރިލް 24ވަނަ ދުވަހު ތިނަދޫގައި ހޯމް ކަރަންޓީނުގައި ހުރި ދެ މީހަކު ފައްސިވެ، އެ ފަރާތްތަކާ ޑައިރެކްޓް ކޮންޓެކްޓްވި ކަރަންޓީނުގައި ނެތް ފަރާތެއް ފައްސިވުމާ ގުޅިގެންނެވެ. އަދި އެކޭސް އާ ގުޅުމެއް ނެތް އެހެން ކޭސްތަކެއްވެސް ތިނަދޫ އިން ވަނީ ފެނިފައެވެ.

މިވަގުތު ގދ. ތިނަދޫގައި ކަރަންޓިނުގެ މުއްދަތު ފުރިހަމަކުރި 04 ފަރާތަކާއި އެފަރާތްތަކާއި ޑައިރެކްޓް ކޮންޓެކްޓްވި 06 ފަރާތެއްގެ އިތުރުން މާލެއިން ތިނަދޫއަށް ދަތުރުކުރާ ބޯޓެއްގެ 6 ފަޅުވެރިންނާއި އެފަރާތްތަކާ ކޮންޓެކްޓްވި 1 ފަރާތަކާއި, ބޯޓުގެ އިހާގެ އިތުރު ދެ މީހަކާއި ރޭންޑަމް ސާމްޕަލްގެ އިތުރު ތިން މީހަކާއެކު ޖުމްލަ 22 މީހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ