ހުވަދޫގެ އިމަޖެންސީ ޓްރާންސްފަރ ތަކުގައި ހުރި ގޮންޖެހުންތަކާމެދު މަޝްވަރާކޮށްފި

ހުވަދޫގެ އިމަޖެންސީ ޓްރާސްފަރ ތަކުގައި ހުރި ގޮންޖެހުންތަކާއި މެދު މަޝްވަރާކުރުން

ހުވަދު އަތޮޅުގައި ބަލިމީހުން އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި ދިމާވަމުންދާ ދަތިތަށް ހައްލުކުރުމަށްޓަކައި ހުވަދު އަތޮޅުގެ  ހޮސްޕިޓަލްތަކާއި ސިއްޙީ މަރުކަޒުތަކާއިއެކު މަޝްވަރާކޮއްފިއެވެ.

ގއ އަދި ގދ ގެ ހުރިހާ ސިއްޙީ މަރުކަޒުން ބައިވެރިވެގެން ކުރިޔަށް ގެންދެވުނު ޒޫމް ސެޝަންގައި އެކި މަރުކަޒުތަކުން  ވަނީ މިކަމުގައި ހުރި ކަންބޮޑުވުންތައް ހިއްސާކޮއްފައެވެ. އަދި ސިއްހީމަރުކަޒުތަކުން ފާހަނގަކުރި ކަންބޮޑުވުންތަކާއި  އިވެކުއޭޝަން ތަކުގައި ދިމާވަމުންދާ މައިގަނޑު މައްސަލަތަކަށް ސިއްޙީމަރުކަޒުތަކާއި ގުޅިގެން ހައްލުހޯދޭނެކަމަށް ޑރ އަބްދުލްސަމަދު މެމޯރިއަލް ހޮސްޕިޓަލުން މައުލޫމަތުދެއެވެ.

ޑރ އަބްދުލްސަމަދު މެމޯރިއަލް ހޮސްޕިޓަލުންދަނީ ހުވަދު އަތޮޅުގެ ރައްތަކަށް އެކުލަވާލެވިފައިވާ ޝެޑިއުލްއެއްގެތެރެއިން ހާެއްސަ ބަލިތަކުގެ ޑޮކްޓަރުންގެ ޙިދުމަތްވެސް އެރަށް ރަށަށް ޒިޔާރަތްކޮށް ރައްޔިތުންނަށް ދެމުންނެވެ. މި ހޮސްޕިޓަލަކީ ހުވަދު އަތޮޅުގެ ގިނަ ބަޔަކު ކޮންމެ ދުވަހަކު ހިދުމަތް ހޯދަމުން އަންނަ އަތޮޅުގެ ރީޖަނަލް ހޮސްޕިޓަލެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް