logoEN
cocacola
ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަންގައި ބައިވެރިވާން ހުޅުވާލައިފި

ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަންގައި ބައިވެރިވާން ހުޅުވާލައިފި

# އައިޖީސީއެސް# ފުރަތަމަ ޖައްވީ މިޝަން

4417eb72-3284-414c-b36a-ec0e102d6313

ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަންގައި ބައިވެރިވާން އިންސްޓިޓިއުޓް ފޮރ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން މިއަދު ހުޅުވާލައިފިއެވެ.

ގޮސިޔާ

އައިޖީއެސްއިން ބުނީ، މި މިޝަންގައި ބައިވެރިވެވޭނީ އެއިރޮސްޕޭސް އިންޖިނިއަރިންގ، ކޮމްޕިއުޓަރ ސައިންސް، އިލެކްޓްރިކަލް، އިލެކްޓްރޯނިކްސް ނުވަތަ މެކޭނިކަލް އިންޖިނިއަރިން އިން ފަދަ ދާއިރާއަކުން ދަށްވެގެން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ އުމުރުން 35 އަހަރު ނުފުރޭ ދިވެހިންނަށް ކަމަށެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އައިޖީއެސް ގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް މިމަހުގެ 7 ގެ ކުރިން އެޕްލައިކުރަން ޖެހޭނެއެވެ. މިޝަން އަށް ނަގާނީ ޖުމްލަ 12 ދިވެހިންނެވެ.

މިޝަންއަށް ހޮވޭ ފަރާތްތައް ތަމްރީނުކުރާނީ އެމެރިކާގެ ތަޖުރިބާކަރުންގެ ޓީމަކުންނެވެ.

ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަން ކުރިއަށްގެންދާ އައިޖީއެސްގެ ޗެއާމަން އަދި ސީއީއޯ ރިފްއަތު މުހައްމަދު ވިދާޅުވިގޮތުގައި މުޅިން ހިލޭ ކުރިއަށް ގެންދާ މި ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް 'ނެނޯ ސެޓެލައިޓް އިންޖިނިއަރިންގ ޕްރޮފެޝަނަލް' ސެޓްފިކެޓް ލިބޭނެއެވެ. މިއީ ސްޕޭސް އިންޑަސްޓްރީއިން ގަބޫލުކުރާ ސެޓްފިކެޓެވެ.

"ރާއްޖޭގެ ފުރަތަމަ ޕްރޮޓޮޓައިޕް ސެޓެލައިޓް އުފައްދާނީ މި ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކުން. އަޅުގަނޑުމެން މުޅި މިޝަން ރާވާފައިވަނީ ފުލްޓައިމް ވަޒީފާގައި އުޅޭ ޒުވާނުންނަށްވެސް ބައިވެރިވެވޭ ގޮތަށް. އެހެންވީމަ ވަޒީފާއިން ވަކިނުވެ މި ތާރީހީ މަސައްކަތުގައި ބައިވެރިވެވޭނެ" ރިފްއަތު ވިދާޅުވިއެވެ.

ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަން ކުރިއަށް ގެންދަނީ އެމެރިކާގެ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަންގެ ފަންނީ އެހީތެރި ކަމާއެކީއެވެ. އެ ޖަމިއްޔާގައި އެމެރިކާގެ ޖައްވީ އިދާރާ ނާސާ އާއި ޔޫރަޕިއަން ސްޕޭސް އެޖެންސީ (އީސާ) އާއި މަޝްހޫރު ސްޕޭސް ކުންފުނި ސްޕޭސް އެކްސް ސައިންސްވެރިންނާއި ތަޖުރިބާކާރުން ހަރަކާތްތެރިވެއެވެ.

ރާއްޖޭގެ ފުރަތަމަ ޕްރޮޓޮޓައިޕް ސެޓެލައިޓަށް ބޭނުންވާ ހާޑްވެއަރ ސަޕްލައިކޮށް، ދިވެހިން ތަމްރީނުކުރުމުގެ އިތުރުން ސެޓެލައިޓް ލޯންޗްކުރުމުގައިވެސް ކޭއެސްއެފް ސްޕޭސް ފައުންޑޭޝަނުން އައިޖީއެސް އަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ