logoEN
ކޮކާކޯލާ

ތިނަދޫގެ ހާލަތު ގޯހުން ގޯހަށް! ފައްސި އަދަދު 20 އިން މައްޗަށް!

ތިނަދޫގެ ހާލަތު އިތުރަށް ގޯސްވެ، ފައްސި އަދަދު 20 އަށްވުރެ މައްޗަށް އަރައިފިއެވެ.

އަބުޅޯ

މައުލޫމާތު ލިބޭ ގޮތުގައި ތިނަދޫގެ ފައްސި ކޭސްގެ އަދަދު ވަނީ 22 އަށް އަރާފައެވެ.

މިކަމާ ގުޅިގެން ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވިދާޅުވީ ފައްސިވެފައިވަނީ 3 ރޭންޑަމް ސާމްޕަލާއި ޖަޒީރާ ބޯޓުގެ ކޮންޓެކްޓް ޓްރޭސިންގެ 2 ސާމްޕަލް ކަމަށެވެ.

ތިނަދޫ މޮނީޓަރިންގ ހާލަތަށް ގެނެވިފައިވަނީ އޭޕްރިލް 24ވަނަ ދުވަހު ތިނަދޫގައި ހޯމް ކަރަންޓީނުގައި ހުރި ދެ މީހަކު ފައްސިވެ، އެ ފަރާތްތަކާ ޑައިރެކްޓް ކޮންޓެކްޓްވި ކަރަންޓީނުގައި ނެތް ފަރާތެއް ފައްސިވުމާ ގުޅިގެންނެވެ. އަދި އެކޭސް އާ ގުޅުމެއް ނެތް އެހެން ކޭސްތަކެއްވެސް ތިނަދޫ އިން ވަނީ ފެނިފައެވެ.

މިވަގުތު ގދ. ތިނަދޫގައި ކަރަންޓިނުގެ މުއްދަތު ފުރިހަމަކުރި 04 ފަރާތަކާއި އެފަރާތްތަކާއި ޑައިރެކްޓް ކޮންޓެކްޓްވި 06 ފަރާތެއްގެ އިތުރުން މާލެއިން ތިނަދޫއަށް ދަތުރުކުރާ ބޯޓެއްގެ 6 ފަޅުވެރިންނާއި އެފަރާތްތަކާ ކޮންޓެކްޓްވި 1 ފަރާތަކާއި, ބޯޓުގެ އިހާގެ އިތުރު ދެ މީހަކާއި ރޭންޑަމް ސާމްޕަލްގެ އިތުރު ތިން މީހަކާއެކު ޖުމްލަ 22 މީހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ