logoEN
ކޮކާކޯލާ
ތިނަދޫން އިތުރު މީހަކު ފައްސިވެ, އެކްޓިވް ކޭސްގެ އަދަދު 18 އަށް

ތިނަދޫން އިތުރު މީހަކު ފައްސިވެ, އެކްޓިވް ކޭސްގެ އަދަދު 18 އަށް

ގދ. ތިނަދޫއިން އިތުރު މީހަކު ކޮވިޑް19 އަށް ފައްސިވެ, އެ ރަށުގެ އެކްޓިވް ކޭސްގެ އަދަދު 18 އަށް އަރައިފިއެވެ.

އަބުޅޯ

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ އެކަން ކަށަވަރުކޮށްދީފައެވެ.

މިއަދު ތިނަދޫން 7 މީހަކު ފައްސިވެފައިވާ ކަމަށް މީގެ ކުރިން އެ ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ. 18 ވަނަ ކޭސްގެ ނަތީޖާ ލިބިގެން ފައްސި ވި މީހާއަށް އަންގާފައިވަނީ މިއަދު ހަވީރު 17:42 ގައެވެ.

ތިނަދޫ މޮނީޓަރިންގ ހާލަތަށް ގެނެވިފައިވަނީ އޭޕްރިލް 24ވަނަ ދުވަހު ތިނަދޫގައި ހޯމް ކަރަންޓީނުގައި ހުރި ދެ މީހަކު ފައްސިވެ، އެ ފަރާތްތަކާ ޑައިރެކްޓް ކޮންޓެކްޓްވި ކަރަންޓީނުގައި ނެތް ފަރާތެއް ފައްސިވުމާ ގުޅިގެންނެވެ. އަދި އެކޭސް އާ ގުޅުމެއް ނެތް އެހެން ކޭސްތަކެއްވެސް ތިނަދޫ އިން ވަނީ ފެނިފައެވެ.

މިވަގުތު ގދ. ތިނަދޫގައި ކަރަންޓިނުގެ މުއްދަތު ފުރިހަމަކުރި 04 ފަރާތަކާއި އެފަރާތްތަކާއި ޑައިރެކްޓް ކޮންޓެކްޓްވި 06 ފަރާތެއްގެ އިތުރުން މާލެއިން ތިނަދޫއަށް ދަތުރުކުރާ ބޯޓެއްގެ 6 ފަޅުވެރިންނާއި އެފަރާތްތަކާ ކޮންޓެކްޓްވި 1 ފަރާތަކާއި, ބޯޓުގެ އިހާގެ އިތުރު ދެ މީހަކާއި ރޭންޑަމް ސާމްޕަލްގެ އިތުރު ތިން މީހަކާއެކު ޖުމްލަ 22 މީހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ