
125958736_2755967411317462_3296973677803978135_o
ގދ ތިނަދޫ ކައުންސިލުގެ އަށްވަނަ ކީރިތި ގުރުއާން ކިޔެވުމުގެ މުބާރާތް ފަށައިފި އެވެ.

238 ބައިވެރިންނާއި އެކު ފެށި މި މުބާރާތް ކުރިޔަށް ގެންދަން ހަމަޖެހިފައި ވަނީ ގދ ތިނަދޫ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައެވެ. ކޮވިޑް ބަލިމަޑުކަމާއި އެެކު މިއަހަރުގެ މުބާރަތުގައި ބައިވެރިވެފައިވަނީ ތިނަދޫގައި ދިރިއުޅެ ފަރާތްތަކުން އެކަންޏެވެ.
ތިނަދޫ ކައުންސިލްގެ ރައީސް އަލީ އަމްޖަދު "ގާފު" އަށް މައުލޫމާތު ދެެއްވަމުން ވިދާޅުވި ގޮތުގައި މި މުބާރާތަކީ ދަރިވަރުންގެ މެދުގައި ގުރުއާނަށް އޮންނަ ލޯބި އިތުރުކޮށް ތަޖުވީދުގެ ހަމަތަކާ އެކު ރީއްޗަށް ގުރުއާން ކިޔެވުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ ސިލްސިލާ މުބާރާތެކެވެ. އަދި މިއީ މި މުބާރާތް ބައްވާ 8 ވަނަ އަހަރުކަން ވެެސް އަމްޖަދު ފަހަގަކުރެއްވިއެެވެ.
ގދ ތިނަދޫ ކައުންސިލުގެ 8 ވަނަ ގުރުއާން މުބާރާތް ކުރިޔަށް ގެންދަން ހަމަޖެެހިފައިވަނީ ދެ ގޮތްޕަކަށް ބަހާލައިގެންނެވެ. އެއީ ބަލައިގެން ކިޔެެވުމުގެެ ގޮތްޕާއި ނުބަލާ ކިޔެވުމުގެ ގޮތްޕެެވެ. އަދި މި މުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 އިން 21 ވަނަ ދުވަހުގެ ނިޔަލަށެވެ.