logoEN
cocacola
ކޮވިޑް-19: ތިނަދޫގެ ހާލަތު ގޯސްވަނީ، ފިޔަވަޅުތައް ދަމަހައްޓައިފި

ކޮވިޑް-19: ތިނަދޫގެ ހާލަތު ގޯސްވަނީ، ފިޔަވަޅުތައް ދަމަހައްޓައިފި

thinadhoo (1)

ގދ ތިނަދޫއިން ކޮވިޑް-19 އަށް ބަޔަކު ފައްސިވުމާ ގުޅިގެން ތިނަދޫ އީއޯސީގެ ފަރާތުން 25 އޭޕްރިލް 2021 އިން ފެށިގެން 5 ދުވަހުގެ މުއްދަތައް އަޅާފައިވާ ފިޔަވަޅުތައް، އެޗްޕީއޭގެ މޮނީޓަރިންގ ހާލަތު އުވާލެވެންދެން ދެމެހެއްޓުމަށް ތިނަދޫ އިމރޖެންސީ އޮޕަރޭޝަން ސެންޓަރުން ނިންމައިފިއެވެ.

ގޮސިޔާ

އެ މުއްދަތުގައި އެޅުމަށ ނިންމާފައިވާ ފިޔަވަޅުތަކަކީ:

ސައިހޮޓާ އަދި ރެސްޓޯރެންޓުތަކުން ގްރޫޕުތަކަށް ކޭޓަރިންގ ހިދުމަތް ނުދިނުމާއި ހިދުމަތްދޭއިރު ގައިދުރު ކަމާއިއެކު ތިބެވޭނެގޮތަށް މޭޒުތަށް ތަރުތީބުކޮށް އިންތިޒާމްކުރުން

ފިހާރަތަކާއި ގާޑިޔާތުގެ ހިދުމަތްތަށް އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް ރޭގަނޑު 11:00 އާއި ހަމައަށް ހުޅުވާފައި ބެހެއްޓުން

ހުރިހާ ކުޅިވަރު ކޯޓުތަކާއި ކުޅިވަރު ހަރަކާތްތަކާއި ކުޑަކުދިންގެ ޕާކުތަކާއި މިއުޒިއަމް ޕާރކް ބަންދުކުރުން

ފަރު މަސްވެރިކަން ކުރާ އުޅަނދުފަހަރު ކައުންސިލުން ދޫކުރާ ޚާއްސަ ހުއްދައިގެ ދަށުންނޫނީ މަހަށް ނުފުރުން

އެއާޕޯޓަށް ޑިއުޓީތަކަށް މީހުން ދިޔުމާއި އައުން މަޑުޖައްސާލުން

ގްރޫޕް ރޯދަވީއްލުންތަށް ނުބޭއްވުމާއި އެއްވެނޫޅުން

މިސްކިތްތަކަށް ވަޑައިގަންނަވާއިރު މާސްކު އެޅުއްވުމާއި އަމިއްލަ މުސައްލަ ގެންދިޔުން

ސްކޫލް ، ކޮލެޖް ޔުނިވާރސިޓީ އަދި ޓިއުޝަންކްލާސްތަކާއި ޤްރުއާން ކްލާސްތަށް އޮންލައިންކޮށް ކުރިޔަށް ގެންދިޔުން

މިސްކިތްތަކުގައި ރޯދަވީއްލުން ކުރިޔަށް ނުގެންދިޔުން

އީއޯސީން ހުއްދަ ލިބިގެން ތިނަދޫއަށް އަންނަ އުޅަނދުފަހަރު ފެރީޓާމިނަލް ނޫންތަނަކަށް ބަނދަރު ނުކުރުން

އަދި މީގެ އިތުރުންވެސް، ހާލުބެލުން ޕޯޓަލްގައި ރަޖިސްޓްރީނުވެ، އެޗްޕީއޭގެ ހުއްދަނެތި މާލެއިން ތިނަދޫއަށް އަންނަ ފަރާތްތައް ޖޫރިމަނާކުރާނެކަން ތިނަދޫ އީއޯސީއިން ވަނީ ހާމަކޮށްފައެވެ.

ތިނަދޫ ވަނީ މޮނީޓަރިންގ ހާލަތަށް ގެނެވިފައިވަނީ އޭޕްރިލް 24ވަނަ ދުވަހު ތިނަދޫން ވަނީ ހޯމް ކަރަންޓީނުގައި ހުރި ދެ މީހަކު ފައްސިވެ، އެ ފަރާތްތަކާ ޑައިރެކްޓް ކޮންޓެކްޓްވި ކަރަންޓީނުގައި ނެތް ފަރާތެއް ފައްސިވުމާ ގުޅިގެންނެވެ. އަދި އެކޭސް އާ ގުޅުމެއް ނެތް އެހެން ކޭސްތަކެއްވެސް ތިނަދޫ އިން ވަނީ ފެނިފައެވެ.

މިވަގުތު ގދ. ތިނަދޫގައި ކަރަންޓިނުގެ މުއްދަތު ފުރިހަމަކުރި 04 ފަރާތަކާއި އެފަރާތްތަކާއި ޑައިރެކްޓް ކޮންޓެކްޓްވި 06 ފަރާތެއްގެ އިތުރުން މާލެއިން ތިނަދޫއަށް ދަތުރުކުރާ ބޯޓެއްގެ 6 ފަޅުވެރިންނާއި އެފަރާތްތަކާ ކޮންޓެކްޓްވި 1 ފަރާތަކާއި އެކު ޖުމްލަ 17 މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ