logoEN
ކޮކާކޯލާ
ޕްރެމެޔާ ލީގުގައި ކުޅުންތެރިންގެ ރޯދަވީއްލުމަށް ކުޑަ ވަގުތުކޮޅެއް ދެނީ

ޕްރެމެޔާ ލީގުގައި ކުޅުންތެރިންގެ ރޯދަވީއްލުމަށް ކުޑަ ވަގުތުކޮޅެއް ދެނީ

ppppp

އިނގިރޭސި ޕްރިމިއާ ލީގުގެ މެޗެއްގެ ތެެރެއިން ކުޅުންތެރިއަކު ރޯދަ ވިއްލަން ބޭނުންނަމަ އެ އިންތިޒާމު ހަމަޖެހޭނެ ކަމަށް އެލީގުން ބުނެފިއެވެ.

އަބުޅޯ

މިދިޔަ ހޯމަ ދުވަހު ލީގުގައި ލެސްޓާ ސިޓީ އާއި ކްރިސްޓަލް ޕެލަސް ކުޅުނު މެޗުގެ މެދުން ވަނީ ކުޑަ ވަގުތު ކޮޅަކަށް ކުޅުން މެދުކަނޑާލައިފަ އެވެ. އެއީ ލެސްޓާ ސިޓީގެ ޑިފެންޑަރު ވެސްލީ ފޮފާނާ އާއި ކްރިސްޓަލް ޕެލަސްގެ މިޑްފީލްޑަރު ޗެއިކް ކުޔާޓޭ ރޯދަ ވިއްލަން ވަގުތު ދިނުމުގެ ގޮތުންނެވެ.

ޕްރިމިއާ ލީގުން މި ގޮތަށް ކަނޑައެޅި އެންމެ ބޮޑު ސަބަބަކީ މި ދުވަސްވަރަކީ ލީގުގެ މުހިއްމު މެޗުތަކެއް ކުރިއަށްދާ ދުވަސްތަކެއް ކަމަށްވެފައި ގިނަ އަދަދެއްގެ މުސްލިމް ކުޅުންތެރިން ރޯދަ އަށް ހުރެ މެޗުތަކުގައި ކުޅެމުން އަންނާތީ އެވެ. ޔޫރޮޕާ ލީގުގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުގެ ތެރެއިން މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ވެސް ވަނީ ރޯދަ ވިއްލައިފަ އެވެ.

ރޯދައަށް ހުރެ ފުޓްބޯޅަ ކުޅެނީ ކިހިނެއްތޯ ޕޮގްބާ އާ ރިޕޯޓަރެއް ސުވާލު ކުރުމުން އޭނާ ބަލައިލީ އުޑު މައްޗަށެވެ. އަދި މައްޗަށް އިޝާރާތްކުރަމުން ބުނީ ހުރިހާ ކަމެއްގައިވެސް الله މަދަދު ލިބޭ ކަމަށެވެ.

މިއީ ޕްރެމެޔާ ލީގުގެ ތާރީހުގައި މެޗެއް މެދުކަނޑާލުމަށް ފަހު ކުޅުންތެރިއަކު ރޯދަ ވިއްލަން ފުރުސަތު ދިން ފުރަތަމަ ފަހަރެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ