logoEN
Sto top
މަސައްކަތްތެރިން: ހިތްވަރާއި މިންނަތުން؛ ގައުމު ހިންގުމުގައި އަވަދިނެތި

މަސައްކަތްތެރިން: ހިތްވަރާއި މިންނަތުން؛ ގައުމު ހިންގުމުގައި އަވަދިނެތި

179933420_244078350841262_7718201014824121522_n

"ދިވެހި ގައުމީ ޒުވާނުން ކެރޭ؛ ދިވެހި މާޒީ ހިމާޔަތް ކުރޭ؛ ދިވެހި އުންމަތުގެ މިއީ އިލްތިމާސް". މި އިލްތިމާސްއަކީ އަޅުގަނޑުމެންގެ ކަންފަތުގައި އަބަދުމެ ގުގުމަމުންދާ އިލްތިމާސްއެކެވެ. ގައުމުގެ ޒުވާނުން އެންމެ އިސްސަފުގައި، އެންމެ ކުރީގައި ގައުމު ހިންގުމުގައި އުޅުމެވެ. ގައުމުގެ ކަންކަމާއި ޒުވާނުންނަށް މަތިކުރެވި ޒިންމާ އިސްކުރެވުމެވެ. ގައުމާއި ދީނުގެ ދިފާއުގައި ޒުވާނުން ނުކުމެ ދިފާއު ކުރުމެވެ. ބަލާލި ކޮންމެ ދިމާލަކުންވެސް މިއަދު ފެންނަނީ މިކަމެވެ. ދިވެހި ގައުމުގެ ސިއްޙީ ދާއިރާއަކަށް ވިޔަސް، ސިފައިންނާއި ފުލުހުންނަށް ވިޔަސް، ސިވިލް ސާރވެންޓުން އަދި ޕްރައިވެޓް ކުންފުނި ތަކަށް ވިޔަސް، ޒުވާނުން އެންމެ ކުރީގައި ގައުމަށް ހިދުމަތް ކުރުމުގައި ދެމި ތިބޭ ތަނެވެ. ކޮންމެ އަހަރެއްގެ ވެސް މޭއި 1، ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރާ މަސައްކަތްތެރިންގެ ދުވަހަށް ވާއިރު، މިއަދު ދިވެހި ގައުމުގެ އެކި ކަންކަމުގައި އެކި ރޮނގުތޮކުން ޒުވާނުން ނުކުމެ ކުރަމުންދާ މަސައްކަތްތަކަކީ ގައުމު އެދުނު އަދި އެދޭ އެދުން ފުރިހަމަ ވި ކަމުގެ މިސާލެއްކަން ގައިމެވެ.

Wamco

މަސައްކަތްތެރިންނަކީ ކޮންމެ ގައުމެއްގެވެސް "ހިތެވެ". އެއީ އެބައެއްނެތި އެއްވެސް ގައުމެއްގެ އެއްވެސް ކަމެއް ކުރިއަށް ނުގެންދެވޭނެ ބައެވެ. ގައުމެއްގެ ކުރިއެރުމާއި ދެމެހެއްޓުމުގެ އެންމެ ބޮޑު އެއް ބަހާއެވެ. ގައުމު "ދިރިއޮތުމާއި މަރުވުން" ގުޅިފައިވާ މީހުންވެސް މެއެވެ. ހަމަ އެބީދާއިން، ދިވެހި ގައުމުގައި މަސައްކަތެރީންގެ ތެރެއިން 2017 ވަނަ އަހަރު ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިކްސްއިން ހެދި "ތެމަޓިކް އެނަލިސިސް އޮފް ޔޫތް އިން ދަ މޯލްޑިވްސް" އިން ދައްކާ ގޮތުން ދިވެހި ގައުމުގެ ޒުވާނުންގެ އާބާދީގެ 94 އިންސައްތަ ޒުވާނުންނަކީ އާމްދަނީީ ހޯދުމުގެ ގޮތުން އެކި ކަހަލަ ވަޒީފާތަކާއި މަސައްކަތްތަކުގައި މަޝްއޫލުވެ މަސައްކަތް ކުރަމުން ދެންދާ މީހުންނެވެ. އެއީ 2014 ވަނަ އަހަރު އިއުލާން ކުރެވުނު ސެންސަސް އިން ދެއްކި، ދިވެހި ގައުމުގެ އާބާދީގެ 15 އަހަރުން މަތީގެ މީހުންގެ 2 ލައްކަަ 44 ހާހަށް ވުރެ ގިނަ މީހުންގެ ތެރެއިންނެވެ. ޒުވާނުން ކަމަށް ދިވެހި ގައުމުގައި ބެލެވެނީ 18 އަހަރާއި 35 އަހަރާއި ދެމެދުކަމަށް ވާއިރު، ފާހަގަ ކޮށްލަންޖެހޭ ކަމަކީ ގިނަ އަދަދެއްގެ ޒުވާނުން މަސައްކަތުގެ މާހައުލުން ފެނިގެންދާކަމެވެ.

މަސައްކަތްޔތެރިންގެ ދުވަސް ފާހަގަ ކުރެވެނިވެސް މިފަދަ ސަބަބުތަކަށްޓަކައެވެ. ގައުމުގެ ކަންކަން ހިންގުމުގައި އެމީހުން އަދާ ކުރާ ދައުރުތަށް ފާހަގަކޮށް އެމީހުންނާށް ޝުކުރު އަދާކުރުމެވެ. އެއީ އެންމެ ދަށު ފަންތީގެ ވަޒީފާގައި މަސައްކަތްކުރާ މީހާއިން ފެށިގެންގޮސް، އެންމެ މަތީ ފަންތީގެ ވަޒީފާގައި މަސައްކަތްކުރާ މީހާއާއި ހަމައަށް ވިޔަސް މެއެވެ. ގައުމެއް، ގައުމެއްގެ ގޮތުގައި ކުރިއަރާނީ އެކި މަސައްކަތްތަށް ހަވާލުވެފައިވާ އެކި މުއައްސަސާތަކުގެ އެކި މީހުން އަދާކޮށްދޭ ބުރަ މަސައްކަތްތަކުން ކަމީ ޝައްކެއްއޮތް ކަމެއް ނޫނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside