logoEN
ކޮކާކޯލާ
ކޮވިޑް-19: ތިނަދޫއިން އިތުރު 7 މީހަކު ފައްސިވެ, ޖުމްލަ އަދަދު 17 އަށް

ކޮވިޑް-19: ތިނަދޫއިން އިތުރު 7 މީހަކު ފައްސިވެ, ޖުމްލަ އަދަދު 17 އަށް

ހުސެއިން

logo

5/1/2021, 12:52:02 PM

Gdh.Thinadhoo

ގދ. ތިނަދޫއިން އިތުރު 7 ފަރާތެއް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އަބުޅޯ

ފައްސިވެފައިވަނީ މާލެއިން ތިނަދޫ އަށް ދަތުރުކުރި ބޯޓެއްގެ 6 ފަޅުވެރިންނާއި އެފަރާތްތަކާ ކޮންޓެކްޓްވި 1 ފަރާތެއް ކަމަށް ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޕީއާރް އޮފިސަރ ސާލިމް އަލީ ވިދާޅުވިގޮތުގައި، ފައްސިވެފައިވާ 7 މީހުންގެ ތެރެއިން 6 މީހުންނަކީ، ތިނަދޫއަށް ދަތުރުކުރާ ބޯޓެއްގެ ފަޅުވެރިންކަމަށެވެ. އަދި 6 ފަޅުވެރިންގެ ތެރެއިން 2 މީހުންނަކީ ދިވެހީންކަމަށާއި، އަނެއް 4 މީހުންނަކީ ބޭރުމީހުންކަމަށް ސާލިމް ވިދާޅުވިއެވެ.

މިއަދު ފައްސިވި 7 ވަނަ ފަރާތަކީވެސް އެ މީހުންނާ ކޮންޓެކްޓްވި ބިދޭސީއެއްކަމަށްވެސް އެ ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައެވެ.

"ގާފު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ބޯޓު ތިނަދޫ އަށް އައިސްފައިވަނީ އޭޕްރިލް މަހު 27 ވަނަ ދުވަހުއެވެ. އެ ބޯޓަކީ މާލެއިން ތިނަދޫ އަށް ދަތުރުކުރާ ބޯޓެކެވެ.

އޭޕްރިލް 24ވަނަ ދުވަހު ތިނަދޫން ވަނީ ހޯމް ކަރަންޓީނުގައި ހުރި ދެ މީހަކު ފައްސިވެފައެވެ. ފައްސިވި ފަރާތްތަކާ ޑައިރެކްޓް ކޮންޓެކްޓްވި ކަރަންޓީނުގައި ނެތް ފަރާތެއް ފައްސިވުމާ އެކު ތިނަދޫ ވަނީ މޮނީޓަރިންގ ހާލަތަށް ގެނެވިފައެވެ.

ތިނަދޫގައި ރޭންޑަމް ސާމްޕަލް ނެގުން ފެށިފައިވަނީ، އޭޕްރިލް މަހު 28 ވަނަ ދުަުވަހުގައެވެ. ޑރ. އަބްދުއްސަމަދު ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި މިހާތަނަށް 420 ރެންޑޮމް ސާމްޕަލް ނެގިފައިވާއިރު މިއަދު ފައްސިވި ފަރާތްތަކަކީ ރެންޑޮމްކޮށް ނެގުނު ސާމްޕަލްތަކެއް ކަމަށެވެ. އަދިވެސް ބައެއް ސާމްޕަލްތަކުގެ ނަތީޖާ ނުލިބޭކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

މިވަގުތު ގދ. ތިނަދޫގައި ކަރަންޓިނުގެ މުއްދަތު ފުރިހަމަކުރި 04 ފަރާތަކާއި އެފަރާތްތަކާއި ޑައިރެކްޓް ކޮންޓެކްޓްވި 06 ފަރާތެއްގެ އިތުރުން މާލެއިން ތިނަދޫއަށް ދަތުރުކުރާ ބޯޓެއްގެ 6 ފަޅުވެރިންނާއި އެފަރާތްތަކާ ކޮންޓެކްޓްވި 1 ފަރާތަކާއި އެކު ޖުމްލަ 17 މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ