logoEN
cocacola
ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު ލައްކައަކަށް!

ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު ލައްކައަކަށް!

އަހުމަދު ޝުރާއު

logo

5/1/2021, 11:47:28 AM

big_8Mua7HDiu05WvNbl94eo44lk4

ރާއްޖޭގައި ކުރިއަށްދާ ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ގައި މިހާތަނަށް 101،346 މީހަކު ދެވަނަ ޑޯޒް ޖަހާ ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ގޮސިޔާ

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ބުރާސްފަތި ދުވަހު 4،007 މީހަކު ދެވަނަ ޑޯޒް ވަނީ ޖަހާފައި އެވެ. އެއީ އަތޮޅުތަކުން ވެކްސިން ދިން 1،924 މީހަކާއި މާލެ އިން ވެކްސިން 12،083 މީހެކެވެ.

މިހާރުވެސް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން ކުރިއަށް ގެންދެއެވެ. ބުރާސްފަތި ދުވަހު ވަނީ 1،278 މީހަކަށް ފުރަތަމަ ޑޯޒް ދީފައިވެއެވެ. މިހާތަނަށް ރާއްޖެއިން 296،529 މީހަކަށް ވެކްސިން ދީފައިވެެއެވެ.

ރާއްޖޭގައި ފުރަތަމަ ޖެހީ ކޮވިޝީލްޑް ވެކްސިންނެވެ. ދެވަނަ ޑޯޒް ދެނީ ކޮވިޝީލްޑް ޖެހި މީހުންނަށެވެ. އޭގެ ފަހުން މިހާރު ޖަހަމުން ދަނީ ޗައިނާގެ ސިނަފޯމް ވެކްސިނެވެ. ސިނަފޯމްގެ ދެވަނަ ޑޯޒް ފުރަތަމަ ޑޯޒް ޖަހާތާ ހަތަރު ހަފްތާ ފަހުން ދޭނެ އެވެ.

ރާއްޖޭގައި ފައިޒާ ވެކްސިންގެ 5،000 ވުރެ ގިނަ ޑޯޒް އެބަހުއްޓެވެ. އެ ވެކްސިންވެސް މިހާރު ވަނީ ދޭން ފަށާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ