logoEN
cocacola
މޮނީޓަރިންގ އުސޫލާ ހިލާފުވުމަށް އޭވިއޭޝަން ސެކިއުރިޓީ މުވައްޒަފަކަށް އަމުރުކޮށްފި

މޮނީޓަރިންގ އުސޫލާ ހިލާފުވުމަށް އޭވިއޭޝަން ސެކިއުރިޓީ މުވައްޒަފަކަށް އަމުރުކޮށްފި

އަހުމަދު ޝުރާއު

logo

5/1/2021, 2:33:01 AM

b_Z4RjitOYNtNE7Nm8JBl64BVG1

ގދ ތިނަދޫއިން ކޮވިޑް-19 ގެ ކޭސްތަކެއް ފެނުމާއި ގުޅިގެން މޮނީޓަރިންގެ ހާލަތަށް ގެނެވިފައި އޮތް ދަނޑިވަޅެއްގައި މާވަރުލު އެއާޕޯޓަށް ޑިއުޓީއަށް ނުކުންނަށް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ކާޑެއްދޫ އެއާޕޯޓުގެ މުވައްޒަފަކަށް މަޖުބޫރު ކޮށްފި އެވެ.

ގޮސިޔާ

މީސް މީޑީއާގައި މިހާރު ދަނީ މިކަމާ ގުޅޭ ސްކްރީންޝޮޓްތަކެއް ދައުރުވަމުންނެވެ. މި ސްކްރީންޝޮޓް " ގާފު " ނިއުސް ޓީމަށްވެސް ވަނީ ލިބިފައި އެވެ.

އެވިއޭޝަން ސެކިއުރިޓީއިން ފޮނުވި މެސެޖުގައިވަނީ މޭ 1 ވަނަ ދުވަހުން ފެށިގެން ކާޑެއްދޫ އޭވިއޭޝަން ސެކިއުރިޓީގައި މަސައްކަތް ކުރަމުން އަންނަ ހުސެއިން ފަޔާޒްގެ ޑިއުޓީ މާވަރުލު އެއާޕޯޓަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ޑިއުޓީއަށް ހާޒިރުނުވާ ކޮންމެ ދުވަހަކީ އެބްޒެންޓު ދުވަހެއް ކަމުގައި ބުނެ އެމުވައްޒަފަށް އިންޒާރު ދީފައިވެ އެވެ.

މި މެސެޖު އެމުވައްޒަފަށް ފޮނުވާފައިވަނީ އޭވިއޭޝަން ސެކިއުރިޓީގެ ކާޑެއްދޫ އެއާޕޯޓުގެ އިންޗާޖުކަން މެސެޖުގެ ތިރީގައި ބުނެފައިވެ އެވެ.

undefined

މީސްމީޑިއާގައި މި ސްކްރީންޝޮޓް ހިއްސާކުރަމުން އެމުވައްޒަފު ބުނެފައިވާ ގޮތުގައި އަނިވާރިންގެ ނިމުން ހިތިވާނެ ކަމަށެވެ. އަދި މިހާލަތުގައި ތިނަދޫއިން ފޭބުމަކީ އެޗްޕީއޭގެ އުސޫލާއި ހިލާފުވުން ކަމަށްވެސް އޭނާވަނީ ބުނެފައި އެވެ.

މިކަމާ ގުޅިގެން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ބަހެއް އަދި ނުލިބެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ