logoEN
ޕީއެންސީ 2
ރޯދަ މަހަށް ރައީސް ޔާމީން ގޭގައި ބަހައްޓަން ރައީސަށް ލަފާދެއްވިން - ރައީސް ނަޝީދު

ރޯދަ މަހަށް ރައީސް ޔާމީން ގޭގައި ބަހައްޓަން ރައީސަށް ލަފާދެއްވިން - ރައީސް ނަޝީދު

އަހުމަދު ޝުރާއު

logo

5/1/2021, 9:58:24 AM

b_580vu54o5EptnT3ZA8LVAiT7N

އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރަމަޟާން މަހަށް ގޭބަންދަށް ބަދަލު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ލަފާ ދެއްވާފައިވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޝަރީ 2024

ރައީސް ނަޝީދު މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވަނީ ރައީސް ޔާމީން ގޭބަންދަށް ބަދަލު ކުރުމުން، އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕް ތެރޭގައި އެ ޕާޓީގެ ބައެއް މެންބަރުން ނުރުހުން ފާޅުކުރަނިކޮށް އެމަނިކުފާނު އެގްރޫޕަށް ފޮނުވި މެސެޖެއްގައެވެ. ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި ވަނީ ރައީސް ޔާމީން ގޭބަންދަށް ބަދަލުކުރުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށެވެ. ރައީސް ސާލިހްގެ އެ ނިންމެވުމަށް ލަފާ ދެއްވި ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައި އެވެ.

"އަޅުގަނޑަށް ފެންނަ ގޮތުގައި ރައީސް ޔާމީން ރޯދަ މަހު ގެއަަށް ބަދަލުކުރެއްވުމަކީ ރަނގަޅު ކަމެއް. ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމުގައި އަޅުގަނޑު ލަފާ އެރުވިން. އެ ނިންމެވުމުގައި އަޅުގަނޑު ބައިވެރިވަން" ރައީސް ނަޝީދުގެ މެސެޖްގައިވެއެވެ.

އެނގިފައިވާ ގޮތުގައި، ރައީސް ޔާމީން ގެއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމުމުން، އެމްޑީޕީގެ އެެތެެރޭގަައި ވަނީ ހިޔާލުތަފާތުވުމެއް އުފެދިފައެވެ. އެމްޑީޕީގެ ބައެއް މެންބަރުންގެ އިތުރުން ކޯލިޝަންގެ އެހެން ބައެއް ބައިވެރިން ވެސް އެކަމާ ނުރުހި ވާހަކަ ދައްކައެވެ.

މި ސަރުކާރު ގެނައުމަށް މަސައްކަތް ކުރި ގިނަ މީހުން ރައީސް ޔާމީނާ މެދު ނުރުހުން ފާޅުކުރަނީ އެމަނިކުފާނުގެ ވެރިކަމުގައި މި ސަރުކާރުގެ ގިނަ އިސް ބަޔަކު ޖަލަށް ލުމާއި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައަށެވެ. އެގޮތުން ގިނަ މީހުން ދެކެނީ އެ ޚިޔާނާތުގެ "ބޮޑަކީ" ރައީސް ޔާމީނެވެ. ނަމަވެސް ޚިޔާނާތުގައި ބައިވެރިވި ކަމަށް ރައީސް ޔާމީން އިންކާރު ކުރައްވައެވެ.

ރައީސް ޔާމީން ގެއަށް ބަދަލުކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ރޭގައި އެވެ. ކަރެކްޝަންސްއިން މައުލޫމާތު ދޭގޮތުގައި ރައީޫސް ޔާމިން ގެޔަށް ބަދަލުކޮށްފައިވަނި ކޮވިޑް-19 ގެ ނުރައްކާ ޖަލު ތެރޭގައި އޮތުމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ