
މަސައްކަތްތެރިންގެ ދުވަހާއި ދިމާކޮށް ސުލްހަވެރި އެއްވުމެއް ބާއްވަނީ
EzxAUwzVIAEI_t8
ރާއްޖޭގެ މަސައްކަތުގެ މާހައުލުގައި ކުރިމަތިވެފައިވާ ޖިންސީ ފުރައްސާރައިގެ މައްސަލަތަކާ ދެކޮޅަށް މާދަމާ (މަސައްކަތްތެރިންގެ ދުވަހު) ސުލްޙަވެރި އެއްވުމެއް ބާއްވަން ޒުވާނުންގެ މޫވްމެންޓެއް ކަމުގައިވާ "ރައިސް އަޕް މޯލްޑިވްސް" އިން ނިންމައިފިއެވެ.

"ރައިސް އަޕް މޯލްޑިވްސް" އިން ހުކުރު ދުވަހު ކުރި ޓްވީޓެއްގައި ބުނެފައިވާ ގޮތުގައި މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރައާ ދެކޮޅަށް އެ މޫވްމަންޓުގެ ފަރާތުން މިއަދު ސުއްޙަވެރި އެއްވުމެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. މި ސުލްޙަވެރި އެއްވުން ފެއްޓުމަށް ހަމަޖެހިފައި ވަނީ މިރޭ 8:45 ގައި ރަސްފަންނު ސަރަޙައްދުގައެވެ.
"މި އެއްވުމުގެ އަމާޒަކީ ރާއްޖޭގައި މަސައްކަތުގެ މާހަައުލުގައި އާންމުވެފައިވާ ޖިންސީ ފުރައްސާރައާއި ޖިންސީ ގޯނާގެ މައްސަލަތަކަށް އިންސާފު ހޯދައިދީ ރައްކާތެރި މަސައްކަތުގެ މާހައުލެއް ގާއިމު ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވައިލުން" ޒުވާނުންގެ މޫވްމަންޓުން ބުނެފައިވެއެވެ.
ރައިޒް އަޕް މޯލްޑިވްސްއިން ބުނިގޮތުގައި މި އެއްވުން ކުރިއަށް ދާނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާ އެއްގޮތުގެ މަތިންނެވެ.