logoEN
ކޮކާކޯލާ
އެސްޓީއޯއަށް ފުރަތަމަ ކުއާޓަރުގައި 2.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް

އެސްޓީއޯއަށް ފުރަތަމަ ކުއާޓަރުގައި 2.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް

އަހުމަދު ޝުރާއު

logo

5/1/2021, 10:41:45 AM

5eImVSi8zbaynORL4rypCHaknlZlWSeL5p28GjR3

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއަށް 2.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ.

އަބުޅޯ

އެސްޓީއޯއިން ބުރާސްފަތި ދުވަހު އާންމުކުރި އެކުންފުނީގެ މާލީހިސާބުތަކުން ދައްކާ ގޮތުގައި މިއީ ނިމިދިޔަ 2020 ވަނަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު 15 ޕަސެންޓުގެ އިތުރުވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު މިއަހަރުގެ އެ މުއްދަތުގައި އާމްދަނީ ވަނީ ދަށްވެފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 2.4 ބިލިއަން ރުފިޔާގެ އާމްދަނީއެއް އެކުންފުންޏަށް ވަނީ ލިބިފަ އެވެ.

މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ އެސްޓީއޯއިން ވިއްކި ތެލުގެ އަދަދު އޭގެ ކުރީ އަހަރާ އަޅާބަލާއިރު، 21 އިންސައްތަ އިތުރުވުން ކަމަށް އެކުންފުނިން ބުނެ އެވެ.

އެސްޓީއޯއިން މައުލޫމާތު ދޭގޮތުގައި އެކުންފުނިން އަބަދުވެސް އެންމެ ބޮޑު އިސްކަމެއްދެނީ ތެލުގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓުމާށާއި ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް މެދުކެނޑުމެއްނަތިި ފޯރުކޮށްދިނުމަށް ކަމަށެވެ.

އެގޮތުން މި ކުއާޓަރުގައި ބޮޑު އިސްކަމެއް ދީފައިވަނީ ރަމަޟާން މަަހުގައި ރައްޔިތުންނަށް ބޭނުންވާނެ ތަކެތި އެތެރެކޮށް ހެޔޮއަގެއްގައި ފޯރުކޮށްދިނުމަށް ކަމަށް އެސްޓީއޯއިން ބުނެ އެވެ.

އެސްޓީއޯގެ ހިންގުމުގެ ހަރަދު، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ވަނީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު ގާތްގަނޑަކަށް 10 އިންސައްތަ ދަށްކޮށްފަ އެވެ. ޓެކްސްއަށް ކެނޑުމުގެ ކުރިން، އެސްޓީއޯގެ 2021 ވަނަ އަހަރު ފުރަތަމަ ކުއާޓަރގެ ފައިދާއަކީ 130 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ ކުއާޓަރއާއި އަޅާބަލާއިރު 12 ޕަސެންޓުގެ އިތުރުވުމެކެވެ. ޓެކުހަށް ކެނޑުމަށްފަހު މިދިޔަ ކުއާޓަރުގެ ސާފު ފައިދާއަކީ 109 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަަލާއިރު 18 މިލިއަން ރުފިޔާގެ ކުރިއެރުމެކެވެ. ނަމަވެސް މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު ދަށް އަދަދެކެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 114 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއަށް ލިބުނު އާމްދަނީއާއި ސާފު ފައިދާ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު އިތުރުވެފައިވީ ނަމަވެސް، ކުންފުންޏަށް ލިބުނު ޖުމްލަ ފައިދާ ވަނީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު 10 މިލިއަން ރުފިޔާ ދަށްވެފައެވެ. އެއީ ތިން ޕަސެންޓުގެ ދަށްވުމެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ