logoEN
Sto top
"ސްޕެނިޝް ލާފިން ގާއި" މަރުވެއްޖެ

"ސްޕެނިޝް ލާފިން ގާއި" މަރުވެއްޖެ

އަހުމަދު ޝުރާއު

logo

5/1/2021, 9:55:22 AM

risitas

އާންމުންގެ ތެރޭގައި ބޮޑު މަޝްހޫރުކަމެއް ލިބި ސޯޝަލް މީޑިއާ މީމްތަކުން ޖާގަ ހޯދި ސްޕެއިންގެ ކޮމީޑިއަން ހުއާން ހޯޔާ ބޮރްޚާ މަރުވެއްޖެ އެވެ.

Wamco

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި "އެލް ރިޒިޓާސް" ގެ ނަމުން މަޝްހޫރުވި ހުއާން މަރުވީ ބަލިވެގެން މިދިޔަ ބުދަ ދުވަހު ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދޭތާ ދުވަސްތަކެއް ވެފައި ވަނިކޮށެވެ.

"ސްޕެނިޝް ލާފިން ގާއި" ގެ ނަމުގައި ވެސް ގިނަ ބަޔަކު ސިފަކުރި ކޮމީޑިއަން ވަރަށް ބަލިވެ އުޅޭ ވާހަކަ އެންމެ ފުރަތަމަ ހާމަކުރީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.

ހުއާންގެ މަޖާ ހިނިގަނޑާއި އޭނާ ދައްކާފައި ހުރި ސަމާސާ ވާހަކަތަކުގެ ތެރެއިން ސްޕެއިންގެ ގައުމީ ޓީވީގެ ޕްރޮގްރާމެއްގައި ދެއްކި ވާހަކަތަކެއް 2014 ގައި ސަބްޓައިލްޓްކޮށްގެން ދައުރުކުރަން ފެށުމުން ވަރަށް ބޮޑަށް ވައިރަލްވެފައިވެ އެވެ.

ހުއާން އަށް އާންމުންގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓުނީ 2007 ގައި ސްޕެއިންގެ މަޝްހޫރު ލޭޓް-ނައިޓް ޝޯ "ރެޓޯނެސް ކޮލޮރާއޯސް" އަށް އަރައި، ކައްކާ ތަނެއްގެ ހެލްޕަރަކަށް އުޅުނު ދުވަސްވަރު ދަންވަރު ގިނަ ތަށިތަކެއް ދޮންނަން ޖެހިގެން އެ އެއްޗެހި ރޭގަނޑު މޫދަށް ލައިގެން އުޅުނު ވާހަކަ ވަރަށް މަޖާކޮށް ކިޔައިދީފައިވެ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside