logoEN
cocacola
ދުނިޔޭގެ ފެންވަރުގެ ބިލިއާޑް ފެސިލިޓީއެއް ރާއްޖޭގައި ހުޅުވައިފި

ދުނިޔޭގެ ފެންވަރުގެ ބިލިއާޑް ފެސިލިޓީއެއް ރާއްޖޭގައި ހުޅުވައިފި

ހުސެއިން

logo

4/30/2021, 3:29:41 PM

E0NtIIvVUAgtWN_

މާލެ ސިޓީގައި ގާއިމުކުރި ދުނިޔޭގެ ފެންވަރުގެ ބިލިއާޑް ފެސިލިޓީ ރަސްމީކޮށް ހުޅުވައިފިއެވެ.

ގޮސިޔާ

ބުރާސްފަތި ދުވަހުގެރޭ، މި ފެސިލިޓީ ހުޅުއްވައިދެއްވީ އިގުތިސޯދާ ބެހޭ ވަޒީރު ފައްޔާޒް އިސްމާއިލްއެވެ. މި ރަސްމިއްޔާތުގައި ފައްޔާޒުގެ އިތުރުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަހްލޫފާއި، އިންޑިއާގެ ހައި ކޮމިޝަނަރު ސަންޖޭ ސުދީރުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ބިލިއާޑް ފެސިލިޓީ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަހްލޫފް ވިދާޅުވީ މިއީ ރާއްޖޭގެ ކުޅިވަރަށާއި ބިލިއާޑަށް އުފާވެރި ދުވަހެއް ކަމަށާއި، މިހާ ފުރިހަމަ ބިލިއާޑް ހޯލެއް އެޅުމުގެ ފަހަތުގައި ވަނީ ބިލިއާޑް އެސޯސިއޭޝަނުން ވުޒާރާއަށް ދިން އެއްބާރުލުން ކަމަށެވެ. އަދި ކުޅިވަރާ ބެހޭ ވުޒާރާއިން ތަރައްގީކުރަނީ ފުޓްބޯޅަ ދަނޑުތައް އެކަނި ނޫންކަން މި ބިލިއާޑް ފެސިލިޓީއަށް ބަލާލުމުން ފެންނާނެ ކަމަށާއި، އެގޮތުން ބިލިއާޑް އަދި އިތުރު ކުޅިވަރުތައް ކުރިއެރުވުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށްވެސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ދުނިޔޭގެ ޓްރިކް ޝޮޓް ޗެމްޕިއަން ފްރާންސުގެ ފްލޯރިއަން ކޯލާ ވަނީ ބައިވެރިވެފައެވެ. ކޯލާ ބުނީ ރާއްޖޭގައި ތަރައްގީކޮށްފައިވާ މި ފެސިލިޓީއަކީ އެމެރިކާގެ ބިލިއާޑް ފެސިލިޓީތަކާ އެއް ފެންވަރުގެ ބިލިއާޑް ފެސިލިޓީއެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި މުބާރާތްތައް ކުޅުމަށް ކެތް މަދުވެފައި ހުރި ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

މާލެ ސިޓީގައި ގާއިމުކުރި ދުނިޔޭގެ ފެންވަރުގެ ބިލިއާޑް ފެސިލިޓީގައި 12 މޭޒު ވަނީ ބަހައްޓާފައެވެ. އަދި މި ފެސިލިޓީއާއެކު ބިލިއާޑް ވޯލްޑް ޗެމްޕިއަންޝިޕް ބޭއްވުމަށް ރާއްޖެއިން ބިޑް ކުރާނެ ކަމަށް ވަޒީރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި މޯލްޑިވްސް ޕޫލް ބިލިއަރޑް އެސޯސިއޭޝަންގެ ރަސްމީ ވެބްސައިޓް އަދި ބުކިންގ އެޕްލިކޭޝަން ވެސް ވަނީ ލޯންޗްކޮށްފައި ވާއިރު، މި ވެބްސައިޓް އަދި އެޕްލިކޭޝަން ލޯންޗްކޮށްދެއްވީ ޔޫތު މިނިސްޓަރ މަހްލޫފްއެވެ. މި އެޕްލިކޭޝަންގެ އެހީއާއެކު ކޮންމެ ތަނެއްގައި ހުރި ނަމަވެސް މޭޒު ބުކް ކޮށްލެވޭނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ