logoEN
Sto top
ވިޒިޓް މޯލްޑިވްސް އިން ސްވިޒަލޭންޑްގައި ރާއްޖެ އިޝްތިހާރު ކުރުމުގެ ކެމްޕެއިނެއް ފަށައިފި

ވިޒިޓް މޯލްޑިވްސް އިން ސްވިޒަލޭންޑްގައި ރާއްޖެ އިޝްތިހާރު ކުރުމުގެ ކެމްޕެއިނެއް ފަށައިފި

ހުސެއިން

logo

4/30/2021, 2:33:36 PM

swiss

ވިޒިޓް މޯލްޑިވްސްއިން ސްވިޒަލޭންޑްގައި ރާއްޖެ އިޝްތިހާރުކުރުމުގެ ކެމްޕެއިނެއް ފަށައިފިއެވެ.

Wamco

މިއީ ވިޒިޓް މޯލްޑިވްސް އިން " ލެޓްސް ގޯ ޓުއާސް " އާއި ގުޅިގެން ކުރަން ފެށި ކެމްޕެއިންއެކެވެ.

އޭޕްރީލްމަހުން ފެށިގެން ޖޫންމަހުގެ ނިޔަލަށް ކުރިއަށްދާ މި ކެމްޕެއިންގެ މަޤްޞަދަކީ ސްވިސް މާކެޓުގައި ދިވެހިރާއްޖެއަކީ ރައްކާތެރި އަދި މަޤުބޫލް މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމެވެ. ފަތުރުވެރިންނަށާއި ޓްރެވެލް ޓްރޭޑަށް އަމާޒުކޮށް މި ކެމްޕެއިންގެ ދަށުން އޮންލައިން އަދި އޮފްލައިން މާކެޓިން ހަރަކާތްތަކެއް ކުރިއަށް ގެންދެވޭނެއެވެ.

މިކެމްޕެއިންގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ފުރަތަމަ ހަރަކާތަކީ ވާޗުއަލް ޑައިރެކްޓް ކަސްޓަމަރ އިވެންޓެއްކަމަށް ވިޒިޓް މޯލްޑިވްސްއިން ވަނީ ބުނެފަ އެވެ. މިހަރަކާތުގައި 150 އާއި 200 ޓްރެވަލް އެޖެންޓުން ބައިވެރިވާނެކަމަށާއި އަދި 1900 ޓްރެވެލް ޓްރޭޑް މެމްބަރުންނަށާއި 8500 ޕްރައިވެޓް ކްލައިންޓުންނަށް ފޮނުވާ ނިއުސްލެޓާގައި ދިވެހިރާއްޖެ އިޝްތިހާރުކުރެވިގެންދާނެ ކަމަށް ވިޒިޓް މޯލްޑިވްސް އިން ވަނީ ބުނެފައެވެ. އަދި ދިވެހިރާއްޖޭގެ މައުލޫމާތު ލެޓްސް ގޯ ޓުއާސްގެ ސޯޝަލް މީޑިއާގައި ހިއްސާކޮށް 6 މަސް ދުވަހުގެ އައުޓްޑޯ ކެމްޕޭނެއްވެސް ކުރިއަށް ގެންދެވޭނެއެވެ.

ވިޒިޓް މޯލްޑިވްސްއިން ބުނި ގޮތުގައި ސްވިޒަލޭންޑްގެ ސިޓީ އެއްކަމަށްވާ ޝަފްހައުޒެންގައި ދަތުރުކުރާ ބަހުގައި ދިވެހިރާއްޖެ އިޝްތިހާރުކުރެވިގެންދާނެއެވެ. މި އިޝްތިހާރު 82،000 މީހުންނާ ހަމައަށް ފޯރާނެކަމަށް ލަފާކުރެވޭކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.

1994ގައި ސްވިޓްޒަލޭންޑްގައި ފެށުނު "ލެޓްސް ގޯ ޓުއާސް"އަކީ އެފްރިކާއާއި، އަރަބި ޤައުމުތަކާއި އިންޑިއާކަނޑުގެ ޤައުމުތަކަށް ޙާއްޞަ ޓުއަރ އޮޕަރޭޓަރެކެވެ. 26 އަށްވުރެ ގިނަ އަހަރުގެ ތަޖުރިބާއާއިއެކު ލެޓްސް ގޯ ޓުއާސްއަކީ ސްވިސް އަޕްސްކޭލް މާކެޓުގައި އެންމެ މަޤުބޫލު އެއް ޓުއާ އޮޕަރޭޓަރެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside