logoEN
PNC TOP 3
ސްކޫލް ޗުއްޓީއާއި އެއްގޮތް ކުރަން މަޖިލިސް ޗުއްޓީއަށްދާ ދުވަސްތަކަށް ބަދަލު ގެނެސްފި

ސްކޫލް ޗުއްޓީއާއި އެއްގޮތް ކުރަން މަޖިލިސް ޗުއްޓީއަށްދާ ދުވަސްތަކަށް ބަދަލު ގެނެސްފި

އަހުމަދު ޝުރާއު

logo

4/30/2021, 11:00:41 AM

b_fxJT1WRTXcWBOL9uVjinuFmzR

ދިރާސާ އާ އަހަރަށް ދާދި ފަހުން ގެނައި ބަދަލާއެކު ސްކޫލްތައް ޗުއްޓީއަށްދާ ދުވަސްތަކާ އެއްގޮތް ކުރަން ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށްދާ ދުވަސްތަކަށް ބަދަލު ގެންނަން މިއަދު ފާސްކޮށްފި އެވެ.

PNC MID 2

މި އިސްލާހު ފާސްކޮށްފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެމްބަރުންގެ އިއްތިފާގުންނެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުން ކޮންމެ އަހަރެއްގެ އޯގަސްޓު މަހަށް އެޑިޔުކޭޝަން މިނިސްޓްރީން ބަދަލު ކުރުމާ ގުޅިގެން، މަޖިލީހުގެ ޗުއްޓީއާ ދިރާސީ އާ އަހަރުގެ ޗުއްޓީއާ ދިމާކުރުމަށް މަޖިލީހުގެ އާއްމު ކޮމިޓީން ވަނީ މަޖިލީހުގެ ގަވައިދު އިސްލާހުކޮށްފަ އެވެ.

މިގޮތުން، ކޮމިޓީން ބަދަލުގެނެސްފައި ވަނީ މަޖިލީހުގެ ދެވަނަ ދައުރާއި ތިންވަނަ ދައުރު ހިނގާ ދުވަސްތަކަށެވެ. އެ އިސްލާހުގައި ވާގޮތުން މަޖިލީހުގެ ދެވަނަ ދައުރު ދެން ހިނގާނީ މޭ މަހުގެ 17 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށެވެ. އަދި ތިންވަނަ ދައުރު ހިނގާނީ އޯގަސްޓު މަހުގެ 16 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ކަމަށް ކޮމިޓީން ގެނައި އިސްލާހުގައި ބުނެފައިވެ އެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC