logoEN
ޕީއެންސީ 2
އުރީދޫއިން މަސް ނިމޭއިރު ބާކީ ހުންނަ ޖީބީ އަނެއްމަހަށް ލިބޭނެ ގޮތް ހަދައިފި

އުރީދޫއިން މަސް ނިމޭއިރު ބާކީ ހުންނަ ޖީބީ އަނެއްމަހަށް ލިބޭނެ ގޮތް ހަދައިފި

އަހުމަދު ޝުރާއު

logo

4/30/2021, 10:07:59 AM

large_161970475458lpN8

އުރީދޫ މޯލްޑިވްސް އިން ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ޑޭޓާ ރޯލް އޯވާ ގެ ހިދުުމަތް ތައާރަފްކޮށްފިއެވެ.

ޝަރީ 2024

މި ހިދުމަތާއި އެކު 600 އިން ފެށިގެން މަތީގެ ޕްލޭންތައް ގެންގުޅޭ ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ މަންތްލީ ޑޭޓާ އެލަވަންސުން މަސްނިމޭއިރު ބޭނުން ނުކޮށް ހުންނަ ޑޭޓާ އަނެއް މަހުގެ ޑޭޓާ އެލަވަންސްއާއި އެކު އެއްވެގެންދާނެއެވެ.

އުރީދޫއިން މިގެނައި ބަދަލާއި އެކު، މި ހިނގާ އޭޕްރިލް މަހުން ފެށިގެން އެކު ޕޯސްޓްޕެއިޑް އަދި ވަރަށް ތަފާތު ޕޯސްޓްޕެއިޑްގެ 600 އިން ފެށިގެން މަތީގެ ޕްލޭންތަކަށް މި ހިދުމަތް ލިބޭނެ އެވެ.

ޑޭޓާ ރޯލް އޯވާގެ ހިދުމަތާ އެކު 20 ޖީބީ އާއި ހަމައަށް ޑޭޓާ އަނެއްމަހުގެ ޕެކޭޖް އެލަވަންސަށް ކުރެވެއެވެ. އެގޮތުން ސޯޝަލް މީޑިއާ އަށް ހާއްސަ ޑޭޓާ އާއި އެޑް އޮންސް ގެ ގޮތުގައި ނަގާފައިވާ ޑޭޓާ ފިޔަވައި، މުޅި މަހުގެ ޑޭޓާ އެލަވަންސް ވެސް ރޯލް އޯވާގެ ހިދުމަތް މެދުވެރިކޮށް، ކުރިއަށް އޮތް މަހަށް އިތުރު ކުރެވޭނެއެވެ.

600 އަދި 800 ގެ ޕޯސްޓްޕެއިޑް ޕްލޭންތަކަށް އެންމެ ގިނަވެގެން ޑޭޓާ ރޯލް އޯވާ ވާ އަދަދަކީ 30ޖީބީ އެވެ.

1000 އާއި މަތީގެ ޕޯސްޓޕެއިޑް ޕްލޭންތަކަށް އެންމެ ގިނަވެގެން ޑޭޓާ ރޯލް އޯވާ ވާ އަދަދަކީ 200ޖީބީ އެވެ.

އުރީދޫ މޯލްޑިވްސްއިން ހެޔޮ އަގެއްގައި އެންމެ ފުރިހަމަކަމާއި އެކު އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެގޮތުން ދާދި ފަހުން އެކުންފުނިން ވަނީ އެއް ފަހަރު ރީޗާޖްކޮށްގެން ދިގު މުއްދަތަށް ބޭނުންކުރެވޭ ގޮތަށް އާޗާ ޕްރިޕެއިޑްގެ ނަމުގައި ރާއްޖެއަށް މުޅިން އާ ޕްރިޕެއިޑް ޕްލޭންތަކެއްވެސް ތައާރަފްކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ