logoEN
cocacola
ބްރޯޑްކޮމްއަށް ޝިފްލާ!

ބްރޯޑްކޮމްއަށް ޝިފްލާ!

އަހުމަދު ޝުރާއު

logo

4/29/2021, 4:43:02 PM

1575042811large

ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރު ކަމަށް މަޝްހޫރު ޕްރެޒެންޓަރ، ޝިފްލާ އިބްރާހިމް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ގޮސިޔާ

ޝިފްލާ އައްޔަންކުރަން މަޖިލީހުން ފާސްކޮށްފައިވަނީ 71 މެމްބަރުންގެ ވޯޓާއި އެކުއެވެ.

ބްރޯޑްކޮމްގެ މެމްބަރުކަމަށް ބޭފުޅަކު އައްޔަންކުރީ އެ ކޮމިޝަންގެ މެމްބަރުކަމުގައި ހުންނެވި އައިމިނަތު ސަހާރަތު އިއްޒަތުގެ ދައުރު ހަމަވުމާއި ގުޅިގެންނެވެ.

މީގެކުރިންވެސް ބްރޯޑްކޮމްއަށް ޝިފްލާ އައްޔަންކުރުމަށްޓަކައި، އޭނާގެ ނަން މަޖިލީހަށް ފޮނުއްވާފައިވެއެވެ. ކޮމެޓީންވެސް އެންމެ ގިނަ މާކްސް ލިބޭ ނަމެއްގެ ގޮތުގައި ޝިފްލާގެ ނަން ފާހަގަކުރެވުނު ނަމަވެސް މަޖިލީހުގެ ތަޅުމުގައި ނެގޭ ވޯޓުގައި، ވޯޓު ނުލިބި، އޭނާގެ ނަން ވަނީ އޭރު ބޭރުކޮށްލައިފައިއެވެ.

ޝީފްލާ ބްރޯޑްކާސްޓިންގ ދާއިރާގައި މެދުކެނޑުމެއް ނެތި މަސައްކަތްކުރާތާ 20 އަހަރަށްވުރެ ގިނަ ދުވަސްވެފައިވެއެވެ. ޝިފްލާއަކީ ސިޔާސީ ނުފޫޒުތަކުން ދުރުގައިި ދާއިރާގައި މަސައްކަތްކުރާ ފަރާތެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ