ތިނަދޫ 15 ފްލެޓުގެ ގުރުއަތުލުން މޭ 3 ގައި

ތިނަދޫގައި އަޅާފައިވާ ފްލެޓްތައް

ގދ. ތިނަދޫގައި, ރައީސް އަބްދުالله ޔާމީންގެ ސަރުކާރުން އެޅުއްވި 120 ފްލެޓުގެ ތެރެއިން ސީ ކެޓެގަރީގައި ހިމެނޭ 15 ފްލެޓަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ގުރުއަތަށް ގޮސްފައިވާ ފަރާތްތަކާއި ފްލްޓްތަކުގެ ތަރުތީބު ނަންބަރު ގުރުއަތު ނެގުން އަންނަ މެއި މަހު 3 ވަނަ ދުވަހު ބޭއްވުމަށް ތިނަދޫ ކައުންސިލް އިދާރާއިން ނިންމައިފިއެވެ.

3 މެއި 2021 ވާ ހޯމަ ދުވަހުގެ ރޭ 22:00 ގައި ތިނަދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި ބޭއްވުމަށް ހަަަޖެހިފައިވާ މި ގުރުއަތުލުމުގައި A ކެޓަގަރީއިން 42 ޕޮއިންޓް ލިބުނު ފަރާތްތައް ހިމެނޭނެކަން ކައުންސިލް އިދާރާއިން ވަނީ ފާހަގަކޮށްފައެވެ. އަދި އެ ކެޓަގަރީއިން 44 ޕޮއިންޓަށްވުރެ މަތިން ޕޮއިންޓް ލިބިފައިވާ ފަރާތްތަކަކީ ގުރުއަތުލުމަކާ ނުލައި ފްލެޓްޔަގީންވެފައިވާ ފަރާތްތައްކަމަށްވެސް ތިނަދޫ ކައުސިލް އިދާރާއިން ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން ތިނަދޫގައި އިމާރާތް ކުރި 120 ފްލެޓުގެ ތެރެއިން ދޫނުކޮށް ހުރި 15 ފްލެޓަކީ އެ ފްލެޓްތަކުގެ ސީ ކެޓަގަރީގެ ފްލެޓުތަކެވެ. ކުރިން މި ފްލެޓުތައް ދޫކުރަން ނިންމާފައިވަނީ ވިޔަފާރި އުސޫލުންނެވެ. ނަމަވެސް ފަހުން އެރަށު ކައުންސިލުން އެ ފްލެޓުތައް ދޫކުރަން ނިންމީ އާންމުކޮށް ހުޅުވާލައިގެންނެވެ.

ރައީސް އަބްދުالله ޔާމީންގެ ސަރުކާރުން އެޅުއްވި ފްލެޓުތަކަށް ހުޅުވާލުމުން ޖުމްލަ 366 ފަރާތަކުން ވަނީ ފޯމު ހުށަހަޅާފައެވެ. ވަގުތީ ލިސްޓު އާންމުކުރުމަށްފަހު 24 ފްބެރުއަރީގެ ނިޔަލަށް ޝަކުވާ ހުށަހެޅުމަށް ފުރުސަތު ހުޅުވާލިއެވެ. މިފަހަރު ދާއިމީ ލިސްޓު އާންމުކޮށްފައިވަނީ އެ ޝަކުވާތަކަށް ރިއާޔަތް ކުރުމަށްފަހު އެވެ.

ކޮމެންޓް

One Response

  1. އަދި ތަންކޮޅެއް އަވަހެއްނުން ތިކަން ކުރަން. ތިނަދޫ މީހުން އެމްޑީޕީ ދެކެ ރުޅިއައީ ތިކަހަލަ ކަންތަކާހުރެ. ތި ކައުންސިލުން ތިނަދުއަށް ކޮއްދެވުނު އެންމެކަމެއް ދައްކަބާލަ 8 ލައްކަ ރުފިޔާ ދީގެން މަރާމާތު ކުރި ކައުންސިލް އިދާރާ ފިޔަވާ އެހެންތަނެއް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް