logoEN
PNC TOP 3
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ޒިންމާތައް ރައީސުލްޖުމްހުރިއްޔާ އާއި މަޖިލީހަށް ނުދޭން ފާސްކޮށްފި

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ޒިންމާތައް ރައީސުލްޖުމްހުރިއްޔާ އާއި މަޖިލީހަށް ނުދޭން ފާސްކޮށްފި

majilis

އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އިއުލާން ކުރެވޭ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ބާރު ހެލްތު މިނިސްޓަރަށް އޮންނަ ގޮތަށް އަދި ބާރުތައް ރައީސުލްޖުމްހޫރިއްޔާއަށް ހަވާލު ނުކުރާ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

PNC MID 2

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާޙިދު ވަނީ ރައީސުލްޖުމްހޫރިއްޔާއަށް އެ ބާރު ނުދެވޭ ގޮތަށް ކޮމިޓީ ރިޕޯޓަށް އިސްލާހެއް ހުށަހަޅުއްވައިފައެވެ. އަދި ރައްޔިތުންގެ މަޖިލީހަށް އެ ގަރާރުގެ ރުހުން ހޯދަން ނުފޮނުވަން ވެސް ހުށަހެޅުއްވިއެވެ. އެ އިސްލާހުތަކަށް ތާއީދު ކުރެއްވީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްއެވެ.

އެ އިސްލާހު ފާސްކުރީ 37 މެންބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް 31 މެންބަރުން ވޯޓް ދެއްވި އިރު ވަކި ގޮތަކަށް ވޯޓް ނުދެއްވާ 2 މެންބަރުން ތިއްބެވިއެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC