logoEN
ކޮކާކޯލާ
އިދާރާއިން ކަރަންޓު ކަނޑާލުމަކީ ބަނދުނާމު ކުރުމަށް ހިންގި ޒިންމާދާރުކަން ކުޑަ އަމަލެއް - ތިނަދޫ ކައުންސިލް

އިދާރާއިން ކަރަންޓު ކަނޑާލުމަކީ ބަނދުނާމު ކުރުމަށް ހިންގި ޒިންމާދާރުކަން ކުޑަ އަމަލެއް - ތިނަދޫ ކައުންސިލް

އަހުމަދު ޝުރާއު

logo

4/29/2021, 4:13:34 PM

vhvZDYIkm6bwkFRBR4vE

ގދ ތިނަދޫ ކައުންސިލް އިދާރާއިން ކަރަންޓު ކަނޑާލުމަކީ މީޑިއާގައި ތިނަދޫ ކައުންސިލް ބަދުނާމު ކުރުމަށް ފެނަކަ ކޯޕަރޭޝަނުން ހިންގި ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ތިނަދޫ ކައުންސިލުން ބުނެފި އެވެ.

އަބުޅޯ

ތިނަދޫ ކައުންސިލުން ދާދި ދެންމެ އަކު ނެރުނު ނޫސް ބަޔާނުގައި މި ޒިންމާދާރުކަން ކުޑަ އަމަލު ވަނީ ހަރުކަށި އިބާރާތުން ކުއްވެރިކޮށްފައި އެވެ. އަދި ތިނަދޫ ކައުންސިލް ބަދުނާމުކުރުމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މީޑިއާގައި ދައްކަވަމުން އަންނަ ވާހަކަތަށްވެސް ތިނަދޫ ކައުންސިލުން ވަނީ ދޮގުކޮށްފައި އެވެ. އެގޮތުން ކައުންސިލްގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ފެނަކަ ކޯޕަރޭޝަންގެ އެމްޑީ މީޑިއާގައި ތިނަދޫ ކައުންސިލުން ކަރަންޓު ބިލްތަށް ނުދައްކާތާ 2 އަހަރު ވެފައިވާ ކަމަށް ބުނި ބުނުމަކީ ދޮގެއް ކަމުގައި ކަމަށާއި ކަރަންޓު ކަނޑާލިއިރު ބާކީ ނުދައްކާ އޮތީ 5 މަހުގެ ބިލުކަމުގައި ކަމަށެވެ.

މީގެ އިތުރުން މި ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައ ފެނަކައިން ބިލް ކުރަމުންދަނީ އެއްވެސް އަސާސެއްގެ މައްޗަށް ނޫންކަމަށާއި ތިނަދޫ މަގުބައްތި ތަކަކީ އެއްވެސް މީޓަރެއް ބެހެއްޓި ރީޑިންގ ނެގުމެއް ނެތި ނުދިއްލޭ ބައްތިތަށްވެސް ހިމަނަައިގެން ސައްހަނޫން އަދަދުތަކެއްގެ މައްޗަށް ތައްޔާރުކުރެވޭ ބިލްތަކެެއް ކަމަށްވެސް ތުހުމަތު ކޮށްފައި އެވެ.

މި ބަޔާނުގައި ކައުންސިލުން ބުނެފައިވާ ގޮތުގައި ރަށް މޮނީޓަރިންގ ހާލަތުގައި އޮތް ދަނޑިވަޅެއްގައި ކަރަންޓު ކަނޑާލުމާއި ގުޅިގެން ގިނަ ދަތިތަކާކި ވަނީ ކުރިމަތި ލާން ޖެހިފައި ކަމަށެވެ. އަދި މި ފަދަ ކަންކަން ކުރުމަކީ ދެ މުވައްސަސާ މެދުގައި އޮތް ގުޅުން ހީނަރުވެގެންދާނެ ކަމަކަށް ވާތި މިކަހަލަ އަމަލުތަށް ތަކުރާރު ނުކުރުމަށް ކައުންސިލުން ވަނީ ފެނަކަ އަށް ނަސޭހަތްތެރިވެފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ