logoEN
Sto top
މަޖާ ކުރާ މަރުކަޒުތަކުގެ ގަރާރު މަޖިލީހުން ފާސްކޮށްފި

މަޖާ ކުރާ މަރުކަޒުތަކުގެ ގަރާރު މަޖިލީހުން ފާސްކޮށްފި

އަހުމަދު ޝުރާއު

logo

4/29/2021, 4:00:08 PM

263285_3_22ff23eedc5bccdc6b13c802ff7e9579aacd89da_large

މާލޭގައި މަޖާ ކުރުމުގެ ހަރަކާތްތައް ހިންގާ މަރުކަޒުތައް ގާއިމް ކުރުމަށް ގޮވާލާ ގަރާރު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

Wamco

އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހެޅުއްވި އެ ގަރާރު ފާސްކޮށްފައިވަނީ 46 މެންބަރުންގެ ވޯޓުންނެވެ. އެ ގަރާރު ފާސްކުރަން ނުފެންނަ ކަމަށް ފަސް މެންބަރަކު ވޯޓް ދެއްވިއެވެ. ވަކި ގޮތަކަށް ވޯޓް ނުދެއްވާ ދެ މެންބަރަކު ތިއްބެވިއެވެ.

މާލޭގައި މަޖާ ކުރުމުގެ ހަރަކާތްތައް ހިންގާ މަރުކަޒުތައް ގާއިމް ކުރުމަށް ގޮވާލާ ގަރާރަކީ މާލޭގައި ދިރިއުޅޭ ޒުވާނުންނަށް ފަސޭހަކަމާއެކު މިޔުޒިކް އަޑުއަހާލައި، އެކުވެރީންނާ ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި އެއްވެ ތިބެވޭނޭ ފަދަ މަރުކަޒެއް މާލޭގައި ގާއިމުކޮށްދިނުމަށެވެ.

އިޖުތިމާއީ ކޮމިޓީން ނިންމި ނިންމުމާ އެއްގޮތަށް ސަރުކާރާއި ކަމާ ގުޅުން ހުރި ވުޒާރާތަކުގެ އެހީއާ އެކު ހެރިޓޭޖް މިނިސްޓްރީން އިސްވެ މިއުޒިކް އަޑުއަހާލާނެ މަރުކަޒެއް ގާއިމުކުރަން މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

މީގެ ކުރިން އެކަމާ ގުޅޭ ގޮތުން މަޖިލީހުގެ ތަޅުމުގައި ކުރިއަށް ދިޔަ ބަހުސްގައި އިދިކޮޅު މެމްބަރުން ވަނީ ހަސަން ލަތީފުގެ ގަރާރަަށާއި އެކަމާ ގުޅުވައި ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ދެއްކެވި ވާހަކަތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ހަސަން ލަތީފްގެ ގަރާރަށް ދީނީ ދަންނަ ބޭކަލުންގެ ނުރުހުން ވެސް ވަރަށް ބޮޑަށް އަމާޒުވެފައިވެ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside